Thursday, April 10, 2008

ދެވަނަފުރުޞަތު"ގެ ނަމުގައި ހިންގަންފެށުނު ކުލާސްތަށް


ނ.އަތޮޅުމަދަރުސާގައި،އެމަދަރުސާގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން "ދެވަނަފުރުޞަތު"ގެ ނަމުގައި ހިންގަންފެށުނު ކުލާސްތަކަށް ބޮޑު ތަރުޚީބެއްލިބި ކާމިޔާބުކަމާއިއެކު ކުރިއަށް ދާ ކަމަށް އެމަދަރުސާއިން ވިދާޅުވެއެވެ.ދެ ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާ މިކުލާސް ތައް އޮންނަނީ ހުކުރު ހޮނިހިރުފިޔަވާ ކޮންމެރެއްގެ 9.00 ން 10.15 އަށް ނ.އަތޮޅުމަދަރުސާގައެވެ.ކިޔަވައިދެއްވަނީ ކަމުގެ ތަޖްރިބާ ލިބިލައްވާފައިތިއްބެވި އެމަދަރުސާގެ ޓީޗަރުންނެވެ.


މިކަމަކީ މިކަމުގެ ސަބަބުން މުސްތަޤްބަލްގައި ވަރަށްބޮޑު ފައިދާތަކެއް އެފަރާތްތަކަށާއި މުޖުތަމައަށް ލިބިގެންދާނެކަމެކެވެ.މިފަދަ ކަންކަމަށް ނ.އަތޮޅުމަދަރުސާއިން ދެއްވާ ސަމާލިކަން ފާހަގަކޮށް މަނަދޫ އޮންލައިންގެ ފަރާތުން އެމަދަރުސާގެ ހިންގުންތެރިވެރިންނަށް ފަށްފަށުން ޝުކުރުދަންނަވަމެވެ.

ނ.އަތޮޅުއޮފީހުގެ ދެބުރިއިމާރާތްގެ އަމަލީމަސައްކަތް ފައްޓައިފި


މިލަދުންމަޑުލު ދެކުނުބުރީ އަތޮޅުއޮފީހަށް އިތުރުކުރެވޭ ދެބުރި އިމާރާތްގެ އަމަލީ މަސައްކަތް އިއްޔެފެށިގެން ކުރިއަށް އެބަދެއެވެ. އެއްއަހަރުދުވަހުން މަސައްކަތްނިންމާ ގޮތައް މިމަސައްކަތްކުރަމުންގެންދަނީ މާލޭގެ އަމިއްލަކުންފުންޏެއްކަމަށްވާ ޕްރޮޕް ޕްރައިވެޓް ލިމިޓަޑުންނެވެ.މި މަސައްކަތާއިހަވާލުވެގެން މަނަދޫއަށް އައިސް ހުރި ފަރާތާއި މަނަދޫ އޮންލައިނުން ސުވާލުކޮށްލުމުން ބުނީ ދަތުރުފަތުރުގެ ދަތިކަމާއި މޫސުމް ތަންދޭނަމަ ކަނޑައަޅާފައިވާ މުއްދަތައް މަސައްކަތް ނިންމާލެވޭނެކަމަށެވެ.

އަޅުގަނޑުމެން އުއްމީދުކުރަނީ ނ.އަތޮޅުއޮފީހުގެ ދެބުރި އިމާރާތްއަކީ އެންމެފުރަތަމަ މަނަދޫގެ މަލަމަތިންފެނިގެންދާނެ ދެބުރިއިމާރާތައްވެގެންދާނެ ކަމަށެވެ.

Wednesday, April 9, 2008

ނ. އަތޮޅުގައި މިއަހަރު 3 ރިސޯޓެއް ހުޅުވޭނެ ކަމަށް ލަފާކުރެވޭ : ޓޫރިޒަމް




ރިސޯޓްގެ ގޮތުގައި ތަރައްޤީ ކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ނ. އަތޮޅުގައި ތަރައްޤީކުރާ 3 ރިސޯޓް މިއަހަރުގެ ތެރޭގައި ހުޅުވޭނެކަމަށް ލަފާކުރެވޭކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.


Tuesday, April 8, 2008

ރާއްޖެ އިސްލާމްވީދުވަސް ފާހަގަކުރުމުގެގޮތުން ދީނީ ނަސޭޙަތްދިނުމުގެ ޕްރޮގްރާމްތަކެއް ބާއްވައިފި


ރާއްޖެ އިސްލާމްވީދުވަސް ފާހަގަކުރުމުގެގޮތުން ނ.އަތޮޅުމަދަރުސާގެ ދަރިވަރުނަށާއި ބެލެނިވެރިންނަށް އަމަޒުކޮށްގެން ދީނީ ނަސޭޙަތްދިނުމުގެ ޕްރޮގްރާމްތަކެއް މަދަރުސާގައި ރެއާއި މިއަދު ހިންގައިފިއެވެ.


މި ޕުރޮގްރާމްތައް ހިންގުމުގެ އެންމެ ބޮޑުއެއް މަޤްސަދަކީ ކުދިންނާއި ބެލެނިވެރިންގެ މެދުގައި އިސްލާމްދީނަށް އޮތްލޯބި އިތުރަށް ވަރުގަދަކޮށް ދީނީ ރޫޙު އާލާކުރުންކަމުގައިވެސް މަދަރުސާއިން މަޢުލޫމާތްދެއްވައެވެ.


އެގޮތުން ރޭ 9.00 ގައި، މަދަރުސާގެ ގްރޭޑް 8ން ފެށިގެން މަތީކުލާސް ތަކުގެ ދަރިވަރުންނަށާއި އެދަރިވަރުންގެ ބެލެނިވެރިންނަށް ދީނީ ނަސޭޙަތްދިނުން މަދަރުސާގައި ބޭއްވިއެވެ. އަދި މިއަދު ހެނދުނު 9.00 ފެށިގެން ގްރޭޑް 7ން ދަށުގެ ކްލާސްތަކުގެ ދަރިވަރުންނަށާއި އެދަރިވަރުންގެ ބެލެނިވެރިންނަށް ދީނީ ނަސޭޙަތްދިނުންވެސް ވަނީ ބޭއްވިފައެވެ.

އަންހެނުންގެ މިސްކިތް ބަންދުކޮށްފި




އަލަށް އިމާރާތްކުރެވޭ ނ.އަތޮޅުއޮފީހުގެ ދެބުރި އިމާރާތްއެޅުމަށްޓަކާ މަނަދޫ ހުޅަގުމަތީ އަވަށުގެ އަންހެނުން ނަމާދުކުރާ މިސްކިތް ބަންދުކޮށްފިއެވެ.އަދި އެމިސްކިތުގައި އަމިއްލައެއްވެސް ފަރާތެއްގެ އެއްޗެއްވާނަމަ ވީ އެންމެއަވަހަކަށް ގެންގޮސް ނިންމެވުމަށް ވެސް މަނަދޫ އޮފީހުން އެދިވަޑައިގަންނަވައެވެ.

މިފަދަ މިސްކިތެއްނެގުމުން ޢާންމުރައްޔިތުންނަށް އޭގެދަތިކަންވަރަށްބޮޑައް ފޯރާނެއެވެ.މި މިސްކިތުގެ ބަދަލުގައި ފެންވަރު ރަގަޅުއެހެންމިސްކިތެއް އަންހެނުން ނަމާދުކުރަން ލިބިގެންދާނޭ ކަމަށް އުއްމީދުކުރާ ކަމުގައި އެމިސްކިތްކައިރިން ދިމާވި އަންހެން ބޭފުޅަކުވިދާޅުވިއެވެ.

Monday, April 7, 2008

ބޮޑުގޯޅި ބަންދުކުރާތީ އެކަމާ ހިތްހަމަނުޖެހިގެން ރައްޔިތުންގެ ތެރެއިންބަޔަކު އަތޮޅުވެރިޔާއާއި ބައްދަލު ކޮށްފި


ނ.އަތޮޅުއޮފީހުގެ އިރުން ހުޅަގުމަތީ އަންހެނުންމިސްކިތުގެ އިރުން އޮއްނަ ބޮޑު ގޯޅި،އަލަށް ހަދާ އަތޮޅުއޮފީހުގެ ދެބުރި އިމާރާތް އެޅުމަށްޓަކާ ބަންދުކުރަންއުޅޭކަމުގެ މަޢުލޫމާތް ރަށުތެރޭގައި ފެތުރުމާއި ގުޅިގެން މިކަމާ ހިތްހަމަނުޖެހޭ ރައްޔިތުންތަކެއް އަތޮޅު ވެރިޔާ އަލްފާޟިލް އަބުދުﷲ ޚަލީލްއާއި އިއްޔެ ބައްދަލުކޮށްފިއެވެ.

މިބޭފުޅުން އަތޮޅުވެރިޔާއާއި ބައްދަލުކުރުމުން އެބޭފުޅުންނަށް ލިބިގެން އެއުޅުއްވަނީ މުޅިން ރަގަޅު މަޢުލޫމާތެއްނޫން ކަމަށާއި އެގޯޅިބައްދާގޮތައްއޮތީ މަނަދޫ ރައްކުރިއަރުވާ ކޮމެޓީން ނިންމާފައިވާ ގޮތައްކަމަށާއި އެމަގު ބަންދުކޮށް އޮފީސް އިމާރާތް އަޅާނިމޭއިރު އެތަނުގައި 15 ފޫޓްގެ ފުޅާ މަގެއްއޮންނާނޭކަމަށްވެސް އަތޮޅުވެރިޔާ ވިދާޅުވިއެވެ.

މިފަދަ ހަޤީގަތެއްނެތް ދޮގުވާހަކަތައް ރައްޔިތުންގެ ތެރޭގައި ފަތުރާ ސަރުކާރާއި ޢަންމު ރައްޔިތުން ޖެއްސުމަށްޓަކާ މަސައްކަތްކުރާ މަދު ބަޔަކު އަޅުގަނޑުމެންގެ މި މަނަދޫގައިވެސް އުޅޭކަމީ އަޅުގަނޑުމެން ވަރަށް ހިތާމަކުރާކަމެކެވެ.ވީމާ މިފަދަ ގޮވާލުންތަކަށް ނިކުންނަވާއިރު ކަމުގެ ދެކޮޅު ރަގަޅަށް ބައްލަވާފައި ނޫނީ ބައިވެރިނުވުން ބުއްދިވެރިއެވެ.

އަދި މިފަދަ ކަންކަމުގައި ސްކޫލްކުދިން ބައިވެރިކުރާ ކަމީ އަޅުގަނޑުމެން ބެލެނިވެރިން އެކަމާ ވަރަށް ހިތާމަކުރާކަމެކެވެ.އަދި އެފަދަ ކަންކަމުގައި ސްކޫލްކުދިން ބައިވެރިނުކުރުމަށް އެފަރަތްތަކަށް ނަސޭޙަތްތެރިވަމެވެ.

Sunday, April 6, 2008

އަވަސް ހަބަރު: ބޮޑުގޯޅި ބަންދުކުރަން އުޅުމާއި ގުޅިގެން ރައްޔިތުން އަތޮޅު އޮފީސްދޮށަށް އެއްވެއްޖެ

ނ. އަތޮޅު އޮފީހުގެ އިރުން އޮންނަ ބޮޑު ގޯޅި އަތޮޅު އޮފީހުގެ އިމާރާތް ކުރުމަށްޓަކައި ބަންދުކުރަން އުޅުމާއި ގުޅިގެން ރައްޔިތުން އަތޮޅު އޮފީސްދޮށަށް އެއްވެއްޖެއެވެ.

އިތުރު ހަބަރު އަންނަނީ

Friday, April 4, 2008

ޑީ އާރް ޕީ މަނަދޫ ގޮފީގެ ހިންގާކޮމެޓީ


ޑީ އާރް ޕީ މަނަދޫ ގޮފީގެ ހިންގާކޮމެޓީއަށް މެމްބަރުން އައްޔަންކުރުމަށް ޓަކާ ކުރެއްވި ޢިއުލާނާއި ގުޅިގެން ހިންގާ ކޮމެޓީގެ އެއްވެސް މަޤާމަކަށް އެދި އެއްވެސް ފަރާތަކުން ކުރިމަތިލައިފާ ނުވާކަމަށް މަނަދޫ ގޮފިން އެމް އޯ އަށް މަޢުލޫމާތް ދެއްވިއެވެ.މިހާރު އޮތް އެގޮފީގެ ހިންގާކޮމެޓީގެ ގިނަ މަޤާމްތަކުގައި ތިއްބެވީ ސިވިލް ސާރވީސް ދަށުގައިވާ ބޭފުޅުންނެވެ.އެހެންނަމަވެސް މިފަހަރު އެފަރާތްތަކަށް ކުރިމަތިނުލެއްވޭނޭ ކަމަށް ވެސް މަނަދޫ ގޮފިން މަޢުލޫމާތްދެއްވިއެވެ. ނަމަވެސް މަނަދޫގައި އެންމެ މެންބަރުން ގިނައީ ޑީ އާރް ޕީ ގައެވެ.

ޖަންކްޝަން އެޅުމުގެ މަސައްކަތްކުރި ފަރާތްތަކަށް ލިބެންވާ އުޖޫރަނުލިބިގެން އެފަރާތްތަކުން އެކަމާ ޝަކުވާކުރަން ފަށައިފި


މަނަދޫގައި ޤާއިމްކުރެވެމުންދާ ނަރުދަމާ ނިޒާމްގެ ދަށުން ގޭގޭގައި ބަހައްޓާ ޖަންކްޝަންތައް އެޅުމުގެ މަސައްކަތް ކުރި ކޮންޓްރެކްޓަރުންނަށް،މަސައްކަތުގެ އުޖޫރަނުލިބޭ ކަމަށް ބުނެ އެކަމާއި ޝަކުވާކޮށް ނުރުހުން ފާޅުކުރަންފަށައިފިއެވެ.އަދި މަސައްކަތުގެ އަގު ދިނުމަށްފަހުގައި ނޫނީ ޖަންކްޝަންތައް ފެއްތުމުގެ މަސައްކަތް ފަށައިގެންނުވާނޭ ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.



މި މަސައްކަތްކޮށް ފައިވަނީ މަނަދޫގެ އަމިއްލަ ހަތަރު ކުންފުންޏަކުންނެވެ.އެއީ ނޫރުވާދީ އިބްރާޙިމް އަސްލަމްގެ ޑެއިލީ ނިއު ކޮންސްޓްރަކްޝަން،ނޫރީގޭ ހުސެން ޝިޔާމްގެ އޯޝަން ލިންކް،ހިޔާ މުޙައްމަދު މާހިދުގެ ވުޑްހިޔާ ވޯކްސް އަދި ހުސްނުހީނާގޭ އަބުދުﷲ ޖިނާހުއެވެ.މިކަމާގުޅޭގޮތުން އެމް އޯ ގެ ފަރާތުން ބައެއް ކޮންޓްރެކްޓަރުންނާއި ވާހަކަ ދައްކާލުމުން އެފަރާތްތަކުން ބުނީ ޖަންކްޝަންތައް އަޅާ،ގެންދަންވާ ތަންތަނަށް ގެންގޮސް ނިމި،ބިލްވެސް ލައިފާވާނޭ ކަމަށާއި އަދިވެސް ބިލަށް ފައިސާނުލިބޭކަމަށެވެ.އަދި ފައިސާ ލިބުން ލަސްވުމުގެ ސަބަބުން ކުންފުނިތަކަށް ބޮޑަތި ދަތިތަކާއި ކުރިމަތިލާންޖެހޭކަމަށްވެސް އެފަރާތްތަކުން ވިދާޅުވިއެވެ.


މިފައިސާ ދިނުން ލަސްވަނީ ކީއްވެގެންތޯ ސުވާލުކޮށްލުމުން،މަނަދޫގައި ހުންނަ ޔުނޮޕްސްގެ އިންޖިނޭރު މިސްޓަރ އިންޑިކާ ވިދާޅުވީ ނަރުދަމާ ނިޒާމުގެ މަސައްކަތް ބެލެހެއްޓުމަށްޓަކާ ރައްޔިތުން ހޮވާފައިވާ އެގްޒެކްޓިވް ކޮމެޓީއަށް،ބޭންކް އޮފް މޯލްޑިވްސް މަނަދޫ ބްރާންޗްގައި އެކައުންޓެއްހުޅުވުމަށް އަންގަވާފައިވާނެ ކަމަށާއި އަދިވެސް އެކައުންޓް ނުހުޅުވާކަމަށެވެ.އަދި އެކައުންޓް ނުހުޅުވާތީ ފައިސާ ދޫނުކޮށް ހުރީކަމަށާއި އެކައުންޓް ހުޅުވިހާ އަވަހަކަށް އެފައިސާ ހަވާލުކުރާނެކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ.


މިކަމާގުޅިގެން އެގްޒެކްޓިވް ކޮމެޓީން ވިދާޅުވަނީ އެކައުންޓް ހުޅުވުމުގައި ޤާނޫނީ ޙައިސިއްޔަތެއް އޮންނަންޖެހޭތީވެ ސަރުކާރުގެ ކަމާބެހޭ ފަރާތައް އެކައުންޓް ހުޅުވުމުގެ ހުއްދަ ހޯދުމަށް އެދިފައިވާނެކަށާއި އަދި އެހުއްދަލިބުނުހާ އަވަހަކަށް އެކައުންޓް ހުޅުވާ ކޮންޓްރެކްޓަރުންނަށް ފައިސާ ހަވާލުކުރާނޭ ކަމަށެވެ.


Thursday, April 3, 2008

ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުގެ މަސައްކަތް





މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ އައިޝަތު މުހައްމަދު ދީދީ ބިންގާ އަޅުއްވައިދެއްވި މަނަދޫ ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުގެ އަމަލީ މަސައްކަތްފަށައިގެ ކުރިއަށްއެބަދެއެވެ.މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން އަތޮޅުގެ ޢިޖްތިމާއީ ޙާލަތުރަގަޅުކުރުމުގެ މަޤްސަދުގައި ހަދާ މިސެންޓަރ އަންނަ ޖުލައިމަހު ނިމި ޚިދުމަތްދޭންފަށާނެކަމަށް މަޢުލޫމާތްލިބެއެވެ.

ހަމަސްދުވަހުން އަމަލީ މަސައްކަތްކޮށް ނިންމާގޮތައް މިމަސައްކަތްކުރަމުންގެންދަނީ އަމިއްލަ ކުންފުންޏެއްކަމަށްވާ އެމް.އެސް.ބީ ކޮންސްޓްރަކްޝަނުންނެވެ.

މި ސެންޓަރު ހަދަމުންގެންދަނީ މަނަދޫ ހުކުރު މިސްކިތުގެ އިރުން ،ބޭންކް އޮފް މޯލްޑިވްސް މަނަދޫ ބްރާންޗް ދެކުނުން އޮތް ހުސްބިމުގައެވެ.

Haveeru Online