Tuesday, April 1, 2008

ދިވެހި ފުލުހުންގެ ޚިދުމަތައް 75 އަހަރުފުރުމުގެ މުނާސަބަތުގެ ތެރެއިން



ދިވެހި ފުލުހުންގެ ޚިދުމަތައް 75 އަހަރުފުރުމުގެ މުނާސަބަތުގައި މަނަދޫ ޕޮލިސް ސްޓޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި ކުޅިވަރު ހަރަކާތަތައް ނިމިއްޖެއެވެ.ވާދެމުމުގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ވަބޭނޭ ސްޕޯރޓްސް ކުލަބެވެ.ވާދެމުމުގެ އަންހެނުންގެ ޗެމްޕިއަންކަން ހޯދީ ފަތިންދާ ސްޕޯރޓްސް އެވެ.އޮޕްޓިކަލް ރޭހުގެ ފިރިހެން ޗެމްޕިއަން އަކީ ކެލްސިޔަމްއެވެ.އަންހެން ޗެމްޕިއަންއަކީ ވަބޭނޭ ސްޕޯރޓްސް ކުލަބްއެވެ.ރިލޭ ރޭހުގެ ފިރިހެން ޗެމްޕިއަންއަކީ ވަބޭނޭ ސްޕޯރޓްސް ކުލަބްއެވެ.އަންހެން ޗެމްޕިއަން އަކީ ފަތިންދާ ސްޕޯރޓްސްއެވެ.

މީގެ އިތުރުން ވަބޭނޭ ސްޕޯރޓްސް ކުލަބްގެ 14 އަހަރުން ދަށުގެ ފިރިހެންޓީމަކާއި އެފް ޓީ ބަބުރު ގެ 14 އަހަރުން ދަށުގެ ފިރިހެންޓީމް ބައްދަލުކުރި ރަހުމަތްތެރިކަމުގެ މެޗް 2-0 ކާމިޔާބްކުރީ އެފްޓީ ބަބުރެވެ.އަންހެނުންގެ ރަހުމަތްތެރިކަމުގެ މެޗްގައި ވަބޭނޭ ސްޕޯރޓްސް ކުލަބްއާއި ކޮކަޑައިލް ސިޓީ ބައްދަލުކުރިމެޗް 2-0 ކާމިޔާބްކުރީ ކޮކަޑައިލް ސިޓީއެވެ.އަދި މަނަދޫ ޒުވާނުންގެ ޓީމަކާއި މަނަދޫގެ ސަރުކާރު މުވައްޒަފުންގެ ޓީމަކާއެކު ކުޅެވުނު ރަހްމަތްތެރިކަމުގެ މެޗް 3-1 ކާމިޔާބްކުރީ މަނަދޫ ޒުވާނުންގެ ޓީމެވެ.


މި ކުޅިވަރު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ އެކި އެކި މުއައްސަސާތަކާއި އާންމުންގެ ވަރަށް ގިނަ ފަރާތްތަކެއްގެ ވަރަށް ދީލަތި އެހީތެރިކަމައެއް މަނަދޫ ޕޮލިސްއަށް ލިބުނުކަން އެފަރާތުން ވަރަށް ޝުކުރުވެރިކަމާއި އެކު ފާހަގަކުރެއެވެ.ދިވެހި ފުލުހުންނާއި އާންމުރައްޔިތުންނާއި ދެމެދު އޮންނަ ބަދަހިގުޅުން ވަރަށް ރަގަޅަށް ހާމަވެގެން ދިޔަކަން ވަރަށް އުފަލާއެކު ފަހާގަކުރަމެވެ.މިކަމަށް ޓަކާ މަނަދޫ އޮންލައިންގެ ފަރާތުން މަނަދޫގެ ލޮބުވެތި ރައްޔިތުންނަށާ މަނަދޫ ޕޮލިސް ސްޓޭޝަނަށް ވަރަށް އިޙްލާސްތެރިކަމާއި އެކު ޝުކުރު ދަންނަވަމެވެ.

No comments:

Haveeru Online