Monday, April 7, 2008

ބޮޑުގޯޅި ބަންދުކުރާތީ އެކަމާ ހިތްހަމަނުޖެހިގެން ރައްޔިތުންގެ ތެރެއިންބަޔަކު އަތޮޅުވެރިޔާއާއި ބައްދަލު ކޮށްފި


ނ.އަތޮޅުއޮފީހުގެ އިރުން ހުޅަގުމަތީ އަންހެނުންމިސްކިތުގެ އިރުން އޮއްނަ ބޮޑު ގޯޅި،އަލަށް ހަދާ އަތޮޅުއޮފީހުގެ ދެބުރި އިމާރާތް އެޅުމަށްޓަކާ ބަންދުކުރަންއުޅޭކަމުގެ މަޢުލޫމާތް ރަށުތެރޭގައި ފެތުރުމާއި ގުޅިގެން މިކަމާ ހިތްހަމަނުޖެހޭ ރައްޔިތުންތަކެއް އަތޮޅު ވެރިޔާ އަލްފާޟިލް އަބުދުﷲ ޚަލީލްއާއި އިއްޔެ ބައްދަލުކޮށްފިއެވެ.

މިބޭފުޅުން އަތޮޅުވެރިޔާއާއި ބައްދަލުކުރުމުން އެބޭފުޅުންނަށް ލިބިގެން އެއުޅުއްވަނީ މުޅިން ރަގަޅު މަޢުލޫމާތެއްނޫން ކަމަށާއި އެގޯޅިބައްދާގޮތައްއޮތީ މަނަދޫ ރައްކުރިއަރުވާ ކޮމެޓީން ނިންމާފައިވާ ގޮތައްކަމަށާއި އެމަގު ބަންދުކޮށް އޮފީސް އިމާރާތް އަޅާނިމޭއިރު އެތަނުގައި 15 ފޫޓްގެ ފުޅާ މަގެއްއޮންނާނޭކަމަށްވެސް އަތޮޅުވެރިޔާ ވިދާޅުވިއެވެ.

މިފަދަ ހަޤީގަތެއްނެތް ދޮގުވާހަކަތައް ރައްޔިތުންގެ ތެރޭގައި ފަތުރާ ސަރުކާރާއި ޢަންމު ރައްޔިތުން ޖެއްސުމަށްޓަކާ މަސައްކަތްކުރާ މަދު ބަޔަކު އަޅުގަނޑުމެންގެ މި މަނަދޫގައިވެސް އުޅޭކަމީ އަޅުގަނޑުމެން ވަރަށް ހިތާމަކުރާކަމެކެވެ.ވީމާ މިފަދަ ގޮވާލުންތަކަށް ނިކުންނަވާއިރު ކަމުގެ ދެކޮޅު ރަގަޅަށް ބައްލަވާފައި ނޫނީ ބައިވެރިނުވުން ބުއްދިވެރިއެވެ.

އަދި މިފަދަ ކަންކަމުގައި ސްކޫލްކުދިން ބައިވެރިކުރާ ކަމީ އަޅުގަނޑުމެން ބެލެނިވެރިން އެކަމާ ވަރަށް ހިތާމަކުރާކަމެކެވެ.އަދި އެފަދަ ކަންކަމުގައި ސްކޫލްކުދިން ބައިވެރިނުކުރުމަށް އެފަރަތްތަކަށް ނަސޭޙަތްތެރިވަމެވެ.

No comments:

Haveeru Online