Friday, March 28, 2008

ކުޑޭގެ ޝުޢޫރު : މަނަދޫ ސޯސަންމަގު

މަނަދޫގެ ސޯސަންމަގުގެހުޅަގަށް މަދުފޫދުއްވާލާ މަގުހަދާ ނިމުމުގެ ހަނދާނުގައި.........!!
އަބޫބަކުރު އާދަމް ބިޖިލީގެ ނ.މަނަދޫ


ސޯސަންމަގަށް ފުރިހަމަކަމެއް ލިބުނީ އެމަގު ފޫދުއްވުމުން

ސސސސޯސަންމަގުގެ ދެކޮޅުން އަތިރިމަތި ރިތިކޮސް ފެނިލުމުން

މިމުނާސަބަތުގައި މަގުހަދަން ބައިވެރިވި އަޚުނާ އުޚުތުނަށް

ސސސއިޚްލާސްތެރިވެ ޝުކުރުގެޖިޒީތައް ފޮނުވަމޭ ހިޔަހާސްފަށުން

އަދި ޚާއްޞަކޮށް މިމަސައްކަތައް ހައިމާކްދެއްވި ފަރާތް ޕުޅަށް

ސސސމަނަދޫގެ ހުރިހާރައްޔިތުން ނަމުގާ ޝުކުރު ފަށްފަށްކުރަން

މަނަދޫގެ ތާރީޚުން މިއީ ފާހަގަނުމޮސް ދުކޮށްލެވެން

ސސސއަދުއޮތްކަމެއްނޫންކަން ބަޔާންކުރަމޭ ހިތުގެއަދި ފުންމިނުން

މަނަދޫގެ އެންމެ ދުވަސްވީބޮޑު މަގަކީ މިބުނި ސޯސަންމަގޭ

ސސސހަމަކަށަވަރުން ހެކިވާނެކަން ދަންނަން ރަށުގެ ކުދިބޮޑުތަކުން

ވިހިސައްތައަށްވަނަ އަހަރުގައި މާރިޗްމަހުން ތޭވީހުގައި

ސސސނިމުމުންނެ ސޯސަންމަގު ހަދާ ލިބުނީ އިތުރުހިތްހަމަޖެހުން




******************


ނ. އަތޮޅު މަދަރުސާއަށް 30 އަހަރު ފުރުމުގެ މުނާސަބަތަށް ތައްޔާރީވުމުގެ ގޮތުން ބާއްވާ ބައްދަލުވުން


ނ. އަތޮޅު މަދަރުސާއަށް 30 އަހަރު ފުރުމުގެ މުނާސަބަތު ކުލަގަދަގޮތެއްގައި ފާހަގަ ކުރުމަށްޓަކައި ތައްޔާރީތައްވުމުގެ ގޮތުން މިރޭ 9.00ގައި އެމް އީ އެސް ސްކޫލްގައި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ނ. އަތޮޅު މަދަރުސާގެ އިސްދަރިވަރުންނާއި މަދަރުސާއަށް ހެޔޮއެދިވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން މިވަގުތު މާލޭގައި ތއްބެވި ފަރާތްތަކާއި މަޝްވަރާކޮށްލުމަށްޓަކައި ބާއްވާ މި ބައްދަލުވުން އިންތިޒާމް ކުރުމުގައި އިސްވެ ހަރަކާތްތެރި ވަނީ ނ. އަތޮޅު މަދަރުސާއަށް 30 އަހަރު ފުރުން ފާހަގަކުރާ ޓާސްކްފޯހުގެ ނާއިބް ރައީސް މަނަދޫ ކަތީބް ސަޢީދު ޤާސިމް އާއި ނ. އަތޮޅު މަދަރުސާގެ އިސްދަރިވަރުންގެ ޓީމްއެކެވެ.

މިފަދަ ބައްދަލުވުންތަކަށް މަނަދޫ އޮންލައިންގެ ފަރާތުން ވަރައް ބޮޑަށް މަރުހަބާ ކިޔަމެވެ. އަދި މި ބައްދަލުވުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ ހިޔާލް ހުށަހެޅުމަކީވެސް މަނަދޫ އޮންލައިންގެ ވަރަށްބޮޑު އެދުމެކެވެ.

Thursday, March 27, 2008

އޭ ޓީ އެމްގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި


ބޭންކް އޮފް މޯލްޑިވްސް މަނަދޫ ބްރާންޗްގައި ހުންނަ އޭ.ޓީ.އެމްގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.މަނަދޫ ބްރާންޗުން މައުލޫމާތްލީބޭ ގޮތުގައި މިޚިދުމަތް ވަގުތީގޮތުން މެދުކަނޑާލަންޖެހުނީ އޭ.ޓީ.އެމްގެ ޑިސްޕްލޭއަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ.
މިހާރު މިމައްސަލަ ރަގަޅުކުރުމަށް މަސައްކަތްކުރަމުން ގެންދާކަމަށާއި މައްސަލަހައްލުވީހާ އަވަހަކަށް މި ޚިދުމަތްދޭންފަށާނެކަމަށް މަނަދޫ ބްރާންޗް ހިންގުމާއި މިވަގުތުހަވާލުވެހުންނެވި އަބުދުﷲ ޝިމާއު ވިދާޅުވިއެވެ.

Wednesday, March 26, 2008

ދިވެހި ރައްޔިތުންގެ ޕާރޓީ މަނަދޫގޮފީގެ ހިންގާކޮމެޓީގެ މަޤާމްތަކަށް މެމްބަރުންހޯދުމަށް އިޢުލާންކޮށްފި

ދިވެހިރައްޔިތުންގެ ޕާރޓީ ( ޑީ.އާރް.ޕީ ) މަނަދޫ ގޮފީގެ ހިންގާކޮމެޓީގެ މަޤާމްތަކަށް މެމްބަރުން ހޯދުމަށް އިޢުލާންކޮށްފިއެވެ.އިޢްލާން ކޮށްފައިވާ މަޤާމްތަކަކީ ރައީސް،ނައިބްރައީސް،ހަޒާންދާރު އަދި ސެކްރަޓަރީއެވެ.ސަރުކާރުގައި މަސައްކަތްކުރާ ގޮފީގެ މެމްބަރުން ފިޔަވާ އެހެނިހެން މެމްބަރުންނަށް ހުޅުވާލެވފައިވާ މިފުރުސަތަކީ ޕާޓީގެ އަސާސީ ޤަވާއިދުގެ މަތީން ރަށުގޮފީގެ ހިންގާކޮމެޓީގެ މަޤާމްތަކަށް މެމްބަރުން އިންތިޚާބްކުރުން ބޭއްވުމަށްޓަކާ ހުޅުވާލެވިފައިވާ ފިރުސަތެއްކަމަށް މަނަދޫ ގޮފިން މިބްލޮގަށް މަޢުލޫމާތްދެއްވިއެވެ.މަޤާމްތަކަށް އެދި ފޯމްފުރުވާ ފޮނުއްވަންޖެހެނީ އިންތިޚާބްގެ ކަންތައްތައް ބެލެހެއްޓުމަށް އައްޔަންކޮށްފައިވާ ކޮމެޓީއަށެވެ.މަޤާމްތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 31 މާރޗް 2008 ވާ ހޯމަދުވަހެވެ.

ޖަންކްޝަންތަކުގެ ފެންވަރުބަލަން ފައްޓައިފި



ޔުނޮޕްސްއާއި ޔުނިސެފްއާއި ގުޅިގެން މިރަށުގައި ޤާއިމްކުރަމުންގެންދާ ފަޙާނާއާއިނަރުދަމާ ނިޒާމުގެ ޖަންކްޝަންތަށް އަޅާ ގޭގައި ބެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓަރުން ކޮށްފައިވަނީ ރަގަޅަށްތޯ ބެލަމުންއެބަދެއެވެ. މިމަސައްކަތްކުރުމުގެ ބޭނުމަކީ ކޮންޓްރެކްޓަރުންގެ ފައިސާދިނުމުގެ ކުރިން ކޮންޓްރެކްޓަރުން މަސައްކަތްކޮށްފައިވަނީ ރަގަޅަށްތޯ ބަލާ އިވެލުއޭޝަން ރިޕޯޓެއް ތައްޔާރުކުރުމެވެ. ނަރުދަމާ ނިޒާމުގެ އެގްޒަކްޓިވް ކޮމެޓީއާއި މޮބިލައިޒިން ކޮމެޓީއާއި ޔުނޮޕްސްގެ ފަރާތުންނާއި އަދި ކޮންޓްރަކްޓަރުން ހިމެނޭ ޓީމުން ބަލަމުންގެންދަނީ ޖަންކްޝަންތައް ބަހައްޓާފައިވަނީ ޖަންކްޝަންތައް ބަހައްޓަންޖެހޭ ތަނުގައިތޯއާއި އަދި ޖަންކްޝަންތަކުގެ ކޮލެޓީ (ބޮޑަތިހޮއި ހުރިތޯ) ރަގަޅުތޯއެވެ.މިމަސައްކަތުގެ %96 ނިމިފައިވާކަމުގެ މަޢުލޫމާތު މަނަދޫ އޮންލައިން އަށް ވަނީ ލިބިފައެވެ. ޖަންކްޝަންތައް ބަހައްޓަންޖެހޭ ތަންތަން ނޫން ތަންތަގައި ބަހައްޓާފައިވާ ނަމަ އެމަސައްކަތް ރަގަޅުކުރުމާއި ޖަންކްޝަންތަކުގައި ބޮޑަތި ހޮއިހުރިނަމަ އެތަންތަން ބެއްދުމުގެ މަސައްކަތް ކޮންޓްރެކްޓަރުން މިހާރުދަނީ ކުރަމުންނެވެ.

Tuesday, March 25, 2008

Atolls signs contract with 5 companies for construction of govt. buildings

Atolls Ministry has signed contracts agreements with five local companies yesterday for the construction of new Atoll Office of Noonu Atoll and Faafu Atoll, new Atoll House of Gdh Atoll and Gnaviani Atoll and Island offices of Hdh Nolhivaram and Thaa Thimarafushi.

Prop Private Ltd was awarded the contract to construct new Noonu Atoll Office and Maalaa High Rising Construction Pvt. Ltd was awarded the contract to construct the Faafu Atoll Office. Lucky Hiyaa Maldives was awarded the contract to build the Gdh Atoll House while Two L Construction was awarded the contract to build the Gnaviani Atoll House. Prop Private Ltd was also awarded the contract to construct Island office of Hdh Nolivaram and Thaa Thimarafushi Island Office was given to Ixus Maldives Pvt. Ltd.

At the ceremony agreements were signed on behalf of the companies by their respective Managing Directors. On behalf of the Ministry the agreement was signed by Executive at the Ministry Hamid Yousuf.

According to Atolls Ministry the total contract value of 6 contracts are Rf 19.73 Million.

Monday, March 24, 2008

މަނަދޫ އެކުވެރި ކުލަބުން ޒުވާނުންނަށް އަމާޒުކޮށްގެން ކޯސްތަކެއް ފައްޓަނީ

މަނަދޫ އެކުވެރި ކުލަބަކީ ޒުވާނުންނަށް އަމާޒުކޮށްގެން ތަފާތު ގިނަ ކޯސްތަކެއް ހިންގާފައިވާ އަދި މިހާރުވެސް ހިންގަމުން އަންނަ ޖަމުޢްޔާއެކެވެ.އެގޮތުން ކުކަރީ ކޯސް ތަކާއި ފެހުމާއި މާޖަހަންދަސްކޮށްދިނުމުގެ ކޯސްތަކެއްވެސްވަނީ އެކުވެރި ކުލަބުން ހިންގާފައެވެ.

މިހާރު ހިންގަން ހަމަޖަހެފައިވާ ކޯސްތަކަކީ ގްލާސް ޕެއިންޓިން ކޯސް،ފެބްރިކް ޕެއިންޓިންގް ކޯސް އަދި މިނާ ކޯހެވެ.ކޮންމެ ކޯހެއްގައިވެސް 20 ޖާގައޮންނާނެކަމަށް ކުލަބްގެ ރައީސް ވިދާޅުވިއެވެ.އަދި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ޢަންމުކޮށް ހުޅުވާލެވިފައިވާނެ ކަމަށާއި ކޯހުގައި ބައިވެރިވެވޭނީ ޗަންދާއެއްދައްކައިގެން ކަމަށް ކުލަބްގެ ރައީސް ހަސަން އިބްރާޙިމް ވިދާޅުވިއެވެ.

ގްލާސް ޕެއިންޓިންނާއި ފެބްރިކް ޕެއިންޓިންގައި ކުލަބް މެންބަރުންނަށް ބައިވެރިވުމުގެ ފީއަކީ -/200 ރ އެވެ. އެނޫން ފަރާތްތަކަށް -/300ރ އެވެ.މީނާކޯހުގައި ކުލަބްގެ މެންބަރެއްނަމަ ބައިވެރިވުމުގެ ފީ އަކީ -/400ރ އެވެ. އެނޫން ފަރާތްތަކަށް -/500ރ އެވެ. ކޯސްތަކުގައި ބައިވެރިވުމަށް ނަންނޯޓުކުރެއްވުމަށާއި މަޢުލޫމާތް ސާފްކުރެއްވުމަށް ގުޅުއްވާނީ 7753208 ނަންބަރ ފޯނާއެވެ.

ސޯސަންމަގު ފޫދުއްވާލައިފި



2008 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި މަނަދޫ ރައްކުރިއަރުވާ ކޮމެޓީން މަނަދޫގެ ސޯސަންމަގު ފޫދުއްވާލަން ނިންމާފައިވަނީ މަނަދޫގެ ރައްޔިތުންނަށް ވެލިލިބުމުގެ ދަތިކަން ބޮޑުވުމާއިގުޅިގެން އެކަން ހައްލުކުރުމުގެ މަޤްސަދުގައެވެ.ރައްޔިތުންނަށް ގޮވައިގެން ކޮންމެ ހުކުރުދުވަހަކު ކުރާގޮތައް ފެއްޓި މިމަސައްކަތައް ރައްޔިތުންގެ އެއްބާރުލުން އެކަށީގެންވާގޮތެއްގައި ލިބުނުކަމަށް މަނަދޫ އޮފީސް ހޮންގެވުމާއި ހަވާލުވެ ހުންނެވި ކަތީބް އަލްފާޟިލް ހަސަން އިބްރާޙިމް ވިދާޅުވިއެވެ.
މަނަދޫގެ ގިނައަދަދެއްގެ ރައްޔިތުން ނިކުމެގެން ސޯސަންމަގު ކޮށާ،ނޮޅާ ވަނީ ސާފްކޮށްފައެވެ.އެހެންނަމަވެސް މަގުގައި އަޑިގުޑަން ގިނަކަމުންނާއި ވަރަށް ބޮޑު އުސްގަނޑެއް އޮތުމުގެ ސަބަބުން މަގުގެބޭނުން ކުރެވޭނެ ކަމަށް ނުފެންނާތީ ،އެކަންކުރެވޭ ފަދަ އަލާތެއްހޯދުމަށް ކުރެވެމުންދިޔަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ނ.ކުޑަފަރީ ކާމިނީގޭ އަލްފާޟިލް މުޙައްމަދު ޤާސިމްގެ އެހީއާއި އެކު އެކްސް ކަވޭޓަރެއް މަނަދޫއަށްގެނެވި އޭގެ އެހީގައި ސޯސަންމަގު ވަނީ ފޫދުއްވާލާ ބިންގަނޑުއެއްވަރުކޮށް މަގުގެ ބޭނުންކުރެވޭގޮތައްހަދާފައެވެ.މިކަމުގައި މަނަދޫގެ ރައްޔިތުންނާއި ނ.އަތޮޅުއޮފީހުންލިބުނު އެހީތެރިކަން ވަރަށްބޮޑައްފާހަގަ ކުރެވޭކަމުގައި މަނަދޫ ކަތީބް އަލްފާޟިލް ހަސަން އިބްރާޙިމް ވިދާޅުވިއެވެ.

ނ.މާވިލަވަރުގައި ދިވެއްސަކު ލޯޑަރެއްދަށުވެ މަރުވެއްޖެ

ރިސޯޓެއްގެގޮތުގައި ނ.އަތޮޅުގައި ތަރައްޤީކުރަމުންދާ މާވެލަވަރުގައި މަސައްކަތްކުރުވަން ހުރިދިވެއްސަކު ލޯޑަރެއް ދަށުވެއްޖެކަމަށް މިބުލޮގްއަށް މަޢުލޫމަތްލިބިއްޖެއެވެ.މިހާދިސާ ދިމާވެފައިވަނީ ލޯޑަރަށް އެއްޗެއްބަރުކޮށްގެން ދުއްވާފައިދަނިކޮށް އަރިއަޅާލައިގެންނެވެ.މިހާދިސާގައި ލޯޑަރުގެ ދަށުވެފައިވަނީ އަތަމާ އިންވެސްޓްމަންޓްގައި މަސައްކަތްކުރަމުންގެންދާ އަހުމަދު ރަޝީދު ނަމަކަށްކިޔާމީހެކެވެ.މިހާދިސާ ހިގާފައިވަނީ މިއަދު މެންދުރު ގާތްގަނޑަކަށް 12.50 އެހާކަތްހާއިރުއެވެ.

ދިވެހިފުލުހުންގެ ޚިދުމަތައް 75 އަހަރުފުރުން މަނަދޫ ޕޮލިސް ސްޓޭޝަނުން ފާހަގަކުރަނީ


29 މާރޗް 2008 ވަނަ ދުވަހު ،ދިވެހިފުލުހުންގެ ޚިދުމަތައް 75 އަހަރުފުރުން ފާހަގަކުރުމުގެގޮތުން ތަފާތުކުޅިވަރުތައް މނަދޫގައި ބޭއްވުމަށް މަނަދޫ ޕޮލިސް ސްޓޭޝަނުންވަނީ ނިންމަވާ ފައެވެ.މިގޮތުން ބާއްވަންހަމަޖެހިފައިވާ ކުޅިވަރުތަކަކީ ވާދެމުން (8 މީހުންގެ ޓީމެއް / ދެޖިންސަށް)،ރިލޭ ރޭސް (4 މީހުންގެ ޓީމެއް / ދެޖިންސަށް)،އޮޕްޓިކަލް ރޭސް ( 2 މީހުންގެ ޓީމެއް / ދެޖިންސަށް ) ،ޒުވާނުންގެ ފިޓްބޯޅަ މެޗެއް (ދެޖިންސަށް) އަދި 14 އަހަރުން ދަށުގެ ކުދިންނަށް ފުޓްބޯޅަ މެޗެކެވެ.
މިކުޅިވަރިތަކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ޢާންމުކޮށް ހުޅުވާލެވިފައެވެ.26 މާރޗް 2008 ވާ ބުދަދުވަހުގެ ކުރިން މަނަދޫ ޕޮލިސް ސްޓޭޝަންއަށް ޓީމްލިސްޓް ތައްހުށައެޅުމަށް އެ ސްޓޭޝަނުންވަނީ އިއުލާންކުރައްވާފައެވެ. މިކަމަށް އެކަށީގެންވާ ބޮޑު ތަރުހީބެއްލިބެމުން ދާކަމަށް މަނަދޫ ޕޮލިސް ސްޓޭޝަނުން މަނަދޫ އޮންލައިން އަށް މަޢުލޫމާތްދެއެވެ.

Thursday, March 20, 2008

ހެނބަދޫގައި އަންހެން ކުއްޖެއް މަރާލި އަހުމަދު އަބުދުއްސައްތާރު މާލެ ގެންދިއުމަށްޓަކައި ކުޅުދުއްފުށްޓަށް ގެންގޮސްފި


ހެނބަދޫގައި މިދިޔަ ހަފްތާގެ ތެރޭގައި ވަޅިން ހަމަލާދީ އަންހެން ކުއްޖެއް މަރާލި އަހުމަދު އަބުދުއްސައްތާރު މާލެ ގެންދިއުމަށްޓަކައި ކުޅުދުއްފުށްޓަށް ގެންގޮސްފިއެވެ. އަހުމަދު އަބުދުއްސައްތާރު ކުޅުދުއްފުއްޓަށް މިގެންދެވުނީ ހަނިމާދޫއިން ވައިގެ މަގުން މާލެ ގެންދިއުމަށްޓަކައެވެ.

ނ. ހެނބަދޫގައި ވަޅިއަކުން ހަމާލާދީ މަރާލި އަންހެންކުއްޖާއަށް ކުރިންވެސް މަރުގެ އިންޒާރުދީފައިވާ ކަމަށް އޭނާގެ އާއިލާއިން ހާމަކޮށްފިއެވެ. މިހާދިސާގައި ޒަޚަމްވުމާއި ގުޅިގެން ފަރުވާދެމުންދަނިކޮށް މަރުވެފައިވަނީ ނ.ހެނބަދޫ ފުސްފަރު ޢުމުރުން 17 އަހަރުގެ ނަދީމާ އިސްމާއީލްއެވެ. އޭނާއަށް ވަޅިއަކުން ހަމަލާދީފައިވަނީ އެރަށު ހީނާމާގޭ އުމުރުން 24 އަހަރުގެ އަހުމަދު އަބްދުއްސައްތާރުއެވެ. ނަދީމާގެ އާއިލާގެ ފަރާތުން މުހައްމަދު ބުނީ ނަދީމާއަށް ހަމަލާދޭނެ ކަމަށް ނަދީމާގެ ގާތިލު އަހުމަދު އަބްދުއްސައްތާރު މީގެ 15 ވަރަކަށް ދުވަސްކުރިން ބުނެފައިވާ ކަމަށެވެ. އަދި އެކަންތައް ރަށުއޮފީހަށް ތަކުރާރުކޮށް އެތައްފަހަރަކު އަންގާފައިވެސް ވާނެ ކަމަށެވެ. ނަމަވެސް ރަށުއޮފީހުން މިކަމަށް އެއްވެސް ފިޔަވަޅެއް އަޅުއްވާފައިނުވާ ކަމަށް ބުންޏެވެ. "އޭނަ ދައްތަ ހެނބަދޫ އޮފީހުގެ ކަތީބު ގާތަށްގޮސް ކިތައްމެ ދުވަހަކު ބުނެފަ އޮތީ ކަތީބޫއޭ މިހެން މިހެން މިބުނާ ފިރިހެން ކުއްޖަކު ބުނެފިޔޭ، ރަނގަޅު ތާކުން ފެނިއްޖެއްޔާ މަރާލާނަމޭ، އަނެއްކާ އެތައް ދުވަހަކު އެމީހުންނާއި ދިމާއަށް ވަޅިވެސް ދިއްކުރިކަން ބައިވަރު މީހުންނަށް ފެނިފަ އެބަހުރި، އިއްޔެ އަނެއްކާ މިކަން ހިންގުމުގެ ކުރީގަ ހެނދުނު ކޮޅު އޭނަގެ ދައްތައަކާ ދިމާއަށް ވަޅި ދިއްކޮށްފަ ބިރުގަނޭހޭ ކިޔާފަ ދިޔައީ" ނަދީމާ ދައްތަގެ ފިރިމީހާ ބުންޏެވެ.އިއްޔެ ހިނގި މިހާދިސާގައި ނަދީމާ ބަނޑަށް ވަޅިއަކުން ހަމަލާދިނުމުގެ ސަބަބުން ވަރަށްބޮޑަށް ވަނީ ކަފައިގެން ގޮސްފައި ކަމަށް އެއާއިލާއިން މައުލޫމާތުދެއެވެ. އަދި ވަޅިން ނަދީމާގެ ކަރަށާއި މޭމައްޗަށާއި ބުރަކަށްޓަށްވެސް ހަމަލާދީފައިވާ ކަމަށް އާއިލާއިން މައުލޫމާތުދެއެވެ. މިހާދިސާއާ ގުޅިގެން ނަދީމާ އެންމެ ފުރަތަމަ ގެންދެވުނީ އެއަތޮޅު ކުޅުދުއަށް ކަމަށާއި ކުޅުދޫ ޖެޓީމައްޗަށް ނަދީމާ ބޭލިއިރުވެސް އެމްބިއުލޭންސް ގެނެސްފައިނުވާތީ ދެން ފުރައިގެން ދިޔައީ މަނަދުއަށް ކަމަށާއި ނަމަވެސް ހާލު ސީރިއަސްކަމުންނާއި މަނަދޫއިން ފަރުވާދެވެން ނެތުމުން ,ރ. އުނގޫފާރަށް ގެންގޮސްފައި ކަމަށް އާއިލާއިން މައުލޫމާތުދެއެވެ.
މިހާދިސާގައި ނަދީމާއަށް ހަމަލާދިން އަހުމަދު އަބްދުއްސައްތާރަކީ ނަދީމާ އާ ރަށްޓެހިވެގެން ކުރިން އުޅުނު މީހެއް ކަމަށާއި މިދެ މީހުންގެ މެދުގައި ޖެހުނު މައްސަލައެއްގައި އަހުމަދު އަބްދުއްސައްތާރުވަނީ ދަންޖެހެންވެސް މަސައްކަތްކޮށްފައި ކަމަށް އެއާއިލާއިން މައުލުމަތުދެއެވެ. ނާދީމާ އޭނަޔާ ރުޅިވީ މިފަދަ މީހަކާއެކީ އިންދެގެން ނުއުޅެވޭނެ ކަމަށް ނަދީމާއަށް ފެނިގެން ކަމަށްވެސް އެއާއިލާއިން މައުލޫމާތުދެއެވެ.މިކަމާ ބެހޭގޮތުން ހެނބަދޫ ކަތީބު އަބްދުﷲ ސުލޭމާނު ވިދާޅުވީ ނަދީމާ މަރާލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ކުރިން އާއިލާއިން ރަށު އޮފީހަށް އަންގާފައިނުވާ ކަމަށެވެ. ނަމަވެސް ނަދީމާގެ ކާފައަށް ހިނގުމަށް އުނދަގޫވާގޮތަށް މާ ކައިރިން އަހުމަދު އަބްދުއްސައްތާރު ބައިސިކަލް ދުއްވާތީ ކާފަ ރަށުއޮފީހަށް އައިސް އެވާހަކަ ދައްކާފައިވާ ކަމަށް ކަތީބު ވިދާޅުވިއެވެ."މަރުގެ އިންޒާރުދިން ކަމަކަށް ނުބުނޭ، އޭނަގެ ކާފަ މިތަނަށް އައި އޭނަޔާ މާ ކައިރިން ބައިސިކަލް ދުއްވާތީ އާ ގެޔަށް ވަންނަން އުޅޭއިރު ދަތިވާގޮތައް ބައިސިކަލް ދުއްވާތީ، އެކަމާ އަޅުގަނޑު މަސައްކަތް ކުރިން ފަހުން އޭނަ ބުނި މިހާރު ވަރަށް ދައްކަތޭ އެކަންތައް" އަބްދުﷲ ސުލޭމާނު ވިދާޅުވިއެވެ. ކަތީބު ވިދާޅުވީ ނަދީމާގެ ގާތިލް އަހުމަދު އަބްދުއްސައްތާރަކީ އޭނާގެ ދޮން ދަރިއެއް ކަމަށެވެ. އަދި ވަރަށް ގިނަ ގޮތްގޮތުން އަހުމަދު އަބްދުއް ސައްތާރަށް ނަސޭހަތްދީ އަދި އޭނާގެ އަހްލީގީ ފެންވަރުދަށްކަމުން އޭނާގެ އާއިލާގެ މީހުންނާވެސް ވާހަކަ ދައްކައި ނަސޭހަތްދީ ހަދާފައިވާނެ ކަމަށެވެ. ނަމަވެސް އަހުމަދު އަބްދުއްސައްތާރުގެ އަހްލާގީ ފެންވަރުދަށްކަމުން އޭނާގެ އާއިލާއިންވެސް އޭނާއާ ގުޅުން ކަނޑާލާފައިވާ ކަމަށް ކަތީބު ވިދާޅުވިއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވީ މިހާދިސާ ހިނގާފައިވަނީ ހިނބަދޫ މަގުމަތީގައި ކަމަށެވެ. ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ނަދީމާއަށް މަރުގެ އިންޒާރެއް ކުރިން ދީފައިވާ ކަމަށް ފުލުހުންނަށް އެނގިފައިނުވާ ކަމަށެވެ.

ކީރިތި ރަސޫލާގެ އީދު މީލާދީގެ ހެޔޮ އެދުންތައް އެންމެހާ މަނަދޫގެ ރައްޔިތުންނަށް އަރިސްކުރަން


މިއަދަކީ ކީރިތި ރަސޫލާ މުހައްމަދު ސައްލައްﷲ އަލައިހި ވަސައްލަމްގެ އީދު މީލާދީ ދުވަހެވެ. މިދުވަހުގެ އެންމެހާ ހެޔޮ އެދުންތައް މަނަދޫގެ ރައްޔިތުންނަށް މަނަދޫ އޮންލައިންގެ ފަރާތުން މި އަރިސްކުރަނީ މަނަދޫ ރައްޔިތުންނަށް މިއަދުގެ އެންމެހާ ސަވާބުތައް ހޯދުމަށް މަސައްކަތް ކުރުމަށް އެދޭހާލުއެވެ. އަދި މިއަދުގެ އެންމެހާ ތަހުނިޔާ މި އަރިސްކުރަނީ މަނަދޫގެ އަދި އިސްލާމީ މުޅި އުންމަތައް ބާއްޖަވެރިކަން އެދެމުންނެވެ.

Wednesday, March 19, 2008

ފިރިހެން ބެލެނިވެރިން.........،ކީއްކުރާ ބައެއް؟


ލިޔުނީ: އ.ސ

ފިރިހެނުންނަކީ އިސްލާމްދީނުގައިވެސް އަންހެނުންގެ މައްޗައްއިސްކުރައްވާ،އެބައިމީހުންނަށް ވަރަށްގިން މަސްޢޫލިއްޔަތުތަކެއް ހަވާލުކުރައްވާފައިވާ ބައެކެވެ.އާއިލާ ބެލެހެއްޓުމުގެ ޒިންމާ ފިރިހެންމީހާއާއި ހަވާލުކުރެވިފައި އޮންނަނީވެސް،ފިރިހެނުންނަކީ އަންހެނުންނަށްވުރެ ވިސްނުމުގެ ގޮތުންނާއި،ކަންކަމުގައި ރަގަޅުގޮތްނިންމުމުގައި އެންމެއެކަށީގެންވާ ފަރާތްކަމަށްވާތީއެވެ.
އަޅުގަނޑަށް ކުރީގައި ހީވެފައިއޮންނަނީ ބެލެނިވެރިޔާއަކީ މަންމަކަމުގައެވެ.އަޅުގަނޑަށް ނޫނަސް މަނަދޫގެ ވަރަށްގިނަ ރައްޔިތުންނަށްވެސް އަދި ކުދިންނަށްވެސް ޤަބޫލުކުރެވިފައި އޮންނަނީ ބެލެނިވެރިޔާއަކީ މަންމަކަމުގައެވެ.މިގޮތައް ޤަބޫލުކުރެވިފައި އޮންނަނީ ސަބަބެއްނެތިއެއްނޫނެވެ.އަޅުގަނޑު 10 އަހަރުވަންދެން މަދަރުސާގައި އުޅެފައި ނިކުންއިރު،ވަރައްމަދު ފަހަރަކުނޫނީ ބައްޕައެއް،ބޭބެއެއް ނުވަތަ އެފަދަ މަޤާމެއްގައިހުރި ފިރިހެނަކު ބެލެނިވެރިންގެ ބައްދަލުވުމަކުންނުފެނެއެވެ.ސްކޫލް ރަޖިސްޓްރީގައި ކުއްޖާގެ ބެލެނިވެރިޔަކަށް ޖަހާފައި އޮންނަނީ ބައްޕަގެ ނަމެވެ.އެކަމަކު ބެލެނިވެރިއެއްގެގޮތުން އަބަދުވެސް ސްކޫލަށް ހާސިރުވަނީ މަންމައެވެ.
ކުދިންގެ ކިޔެވުމައި އަޙްލާޤައް އައްނަމުންދާ ބަދަލުތަކާއި،ކުދިންނާމެދު ކަންތައްކުރެވޭގޮތާއި، ސްކޫލައްގެންނަން އުލޭބަދަލުތަކާއި މިފަދަ މުހިންމު ކަންކަމާމެދު މަސްވަރާކޮށް ގޮތެއްނިންމުމަށްޓަކާ ބާއްވާމުހިންމު ބައްދަލުވުންތަކަށް އަންހެން ބެލެނިވެރިން ހަސިރުވުމުގެ ނަތިޖާއަކަށްވާނީ އެންމެއެދެވޭ ހައްލެއްނުލިބި ބައްދަލުވުން ނިމުމެވެ.ބައްދަލުވުމުގައި އެކަކު އެކަށްޗެކޭވެސް ނުބުނާނެއެވެ.އެންމެންގެ ޚިޔާލުތައް އޮއްސާލާނީ ބައްދަލުވުން ނިމިގެންއަންނަ މަގުމަށްޗަށެވެ.މީގިނަ އަންހެންބެލެނިވެރިންގެ ކަންތައް ހުންނަގޮތެވެ.ދެންގެއްއް އައިސް ބައްދަލުވުން ނިމުނުގޮތް ކިޔައިދިނުމުން ދެންވާ ހީވަނީ ގޭގައި ހުޅުހިފާފާނެހެންނެވެ.ނިންމި ގޮތާއިމެދު ބައްޕަ ހިތްހަމަނުޖެހުނީއެވެ.އެހެންވީއިރު ބޭނުންވާގޮތައް ކަންތައްނިންމަން ބައްދަލުވުމައްނުގޮސް ރުއްމަގުގައި އަނގަތަޅަން އޮތީ ކީއްވެތޯއެވެ؟
ހަޤީޤަތުގައިވެސް މީމަނަދޫގެ ހާލަތު މިޔަދުހުރިގޮތެވެ.އެހެންނަމަވެސް ދަރިންނައް ކިޔަވައިދޭންއުޅޭ މަދުބައްޕަޔަކުފެނެއެވެ.އެފަދަ ބައްޕައިންނައް އައްސަރިބަހާއި ސާބަސް ރައްދުކުރަމެވެ.މީހަކު ކަންތައްކުރާގޮތާއި މެދު ހިތަހަމަނުޖެހިގެންނިކުމެ އެމީހަކާއި ދިމާއަށް އިސްތިއުފާއަށް ގޮވާއިރު،ފުރަތަމަ ތިމާގެ ބޮލުގައި އެޅިފައިވާ މަސްޢޫލިއްޔަތު އަދާކުރެވެމުންދޭތޯ ވިސްނާލާށެވެ.އެހެންނޫނީ މާދަމާ މައިންނާއި ދަރިންނުކުމެ " ބައްޕަ އިސްތިއުފާ " މިހެންގޮވަންފަށާފާނެއެވެ.އޭރުން މަންޒަރު މާރީއްޗެއްނުވާނެއެވެ.

Hotel "Bikiri" opened with a new management


Bikiri has been opened yesterday 4.00 pm after been closed for quiet some time. Bikiri is opened by the new management Hasan (Hareera dhaithage) and Abdulla Shafeeu (Gulzaaruge) with 2 chefs and 3 waiters.

For the opening ceremony they had 'Bodibaih with Kulhimas' for FREE "Sabeelillaahi ah emeehaka emeeheh" told MO by a customer.

Currently there are 3 restaurants in Manadhoo and a news restaurant (Foalhavahi Restaurent) is nearly finished and will be running soon. This shows that Manadhoo community is also getting aware of business around the world.

Tuesday, March 18, 2008

ި 18އަހަރުނުފުރޭ ކުޑަކުދިންލައްވާ އުޖޫރައަށް މަސައްކަތްނުކުރުއްވުމަށް ފެމެލީ އެންޑް ޗިލްޑްރަން ސާރވީސް ސެންޓަރުން އިލްތިމާސް ކުރައްވައިފި








މިދަންނަވާލަނީ މަނަދޫގައިހުންނަ ފެމެލީ އެންޑް ޗިލަޑްރަން ސާރވީސް ސެންޓަރުން 17 މާރޗް 2008 ގައި ނެރެފައިވާ އެސެންޓަރުގެ ނަންބަރު 02/2008/ޑީ-އެފް ސީ އެސް ސީ އިޢުލާންގައިވާ އިބާރާތްކޮޅެކެވެ.
"މިރަށުގައި މިފަހަކަށް އައިސް އުމުރުން 18 އަހަރުންދަށުގެ ކުދިންގެ ތެރެއިން ސްކޫލައްދާ އުމުރުގެ ކުދިންލައްވައި އުޖޫރައަށް މަސައްކަތްކުރުން ވަރަށްބޮޑައް އިތުރުވެފައިވާކަން މިސެންޓަރަށްވަނީ ފާހަގަކުރެވިފައެވެ.އަދި މިކަމުގެ އަސަރު ނޭދެވޭ އަސަރު އެފަދަކުދިންގެ ތަޢުލީމާއި ތަރުބިއްޔަތަށް ކުރަމުންއަންނަކަން ވަރަށްބޮޑައް ފާހަގަކުރެވެއެވެ.އަދި މިކަމަކީ ރާއްޖޭގެ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާއި ބެހޭ ޤާނޫނުގައިވެސް މަނާކުރެވިފައިވާ ކަމެއްކަން މިފުރުޞަތުގައި ހަނދާންކޮށްދެމެވެ.
ވީމާ ސްކޫލަށްދާ އުމުރުގެ ކުދިންލައްވާ މިރަށުގައި އިޖޫރައަށް މަސައްކަތްކުރުވާ ފަރާތްތަކުގެ ކިބައިން އެކަން އެގޮތައް ނުކުރުމަށް ތަކުރާރުކޮށް އިލްތިމާސް ކުރަމެވެ.އަދި މިކަން ހުއްޓުވުމަށްޓަކާ އެފަދަކުދިންގެ ބެލެނިވެރިން ހާއްސަ ސަމަލުކަމެއް ދީގެން މަސައްކަތް ކޮށްދެއްވުމަށް އެދޭވާހަކަ މިފިރިޞަތުގައި ދަންނަވަމެވެ."

މަނަދޫގެ ދުލުން


ލިޔުނީ: -އސ- (cyber.cop@live.com)


އަހަރެންނަށް ލިބިފާ މިތިބީ ކޮންފަދަ ކަންނެތް ދަރިންތަކެއްހެއްޔެވެ؟ މުރާލި އަދި ކަމެއް ކޮށްދެވޭ ވަރުގެ ދަރިންތަކެއް ލިބުނީތީވެ އެކުދިންވެސް އަހަރެން ދޫކޮށްލައިފާ ދުރަށް ގޮސްފިއެވެ. އަހަރެންގެ ވަށައިގެންވާ އަވަށްޓެރިންނާއި އެހެންވެސް ރަށްރަށަށް އެތަންތަނުގެ ދަރިން ކޮށްދެމުން އަންނަ ހިދުމަތްތައް ބަލަން އަހަރެން މިއޮންނަނީ ފެންކަޅިވެފައެވެ. އެކަމަކު އަހަރެންގެވެސް 1600 އަށްވުރެ ގިނަ ދަރިން އެބަތިއްބެވެ. އަހަރެންނަށްޓަކައި ކޮށްދޭ އެއްކަމެއްވެސް ނެތެވެ.
އަހަރެންގެ މަގަތުގައި އޮތް މިލަދޫ ފަޅުގައި ބޮޑުހިލަ ޖަހާތަން ދެކެފީމެވެ. ކުރިމަތީއޮތް ކެނދިކުޅުދޫގައި އޭ ލެވެލް ކިޔަވައިދޭން ފެށި ހަބަރު އަޑުއަހައިފީމެވެ. މޭނާ ސްކޫލްގައި މިއަހަރު އޭ ލެވެލް އަށް ކިޔަވާދޭން ފަށާ ވާހަކަވެސް އެބަ އިވެއެވެ. ސްޓޭޑިއަމް ކެނދިކުޅުދޫއަށް ގެންދިޔައީ އަހަރެން އެކަމަށް ރޮއިރޮއި އޮށްވައެވެ. އަތޮޅު ތައުލީމީ މަރުކަޒު ވެލިދޫގައި އެޅީ އަހަރެން އެކަމަށް ސަރުތު ހަމަނުވާތީތޯއެވެ؟ އަހަރެން ބުމުގެ ގޮތުން ކުޑައީބާވައެވެ؟ ދުވަހުން ދުވަހަށް ބަދަލުވަނީ އަހަރެންގެ ދަރިންނެވެ. އަހަރެން ޒީނަތްތެރިކޮށް އަހަރެންނަށް ރީތިނަމެއް ހޯދައިދެވޭތޯ ބަލަނީ ކޮންދަރިއެއްތޯ؟
މި ހިތާމައިގައި އަހަރެން ކެތްކުރާތާ ލައްކަ ދުވަސް ވެއްޖެއެވެ. އެހެން މީހުން އެމީހުންގެ ރަށާއި ޤައުމުދެކެ ލޯބިވެއެވެ. ފަހުރުވެރިވެއެވެ. އެކަމަކު އަހަރެންނަށް މިއޮތީ ދިމާ އިދިކޮޅެވެ. " ޤައުމު ތިމާއަށް ކޮށްދެވޭނީ ކޮންކަމެއްތޯ ނާހާށެވެ. ތިމާ ޤައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ އަހާށެވެ" . އެކަމަކު އަހަރެންގެ ދަރިން އަބަދުވެސް ސަކުވާ ކުރަނީ އަހަރެން ކަންތައްތައް ނުކޮށްދީގެންނެވެ. ދުވަހަކުވެސް އެއިން ދަރިޔަކު އަހަރެންނަށްޓަކައި ކޮށްދޭންވީ ކޮންކަމެއްތޯ ނާހާނެއެވެ. އަހަރެންގެ ދަރިން އަހަރެންނާ އަޅާލައި ހިދުމަތްކޮށްދޭނީ ކޮންދުވަހަކުންބާވައެވެ؟ މާތް ރަސްކަލާނގެ އެފަދަ ދުވަހެއް އަވަސް މުސްތަޤުބަލެއްގައި ދައްކަވާށިއެވެ. އާމީން.

Monday, March 17, 2008

ކަޅެއްކަމަކު އަގުބޮޑު ޖަވާހިރެއް!


ނިމިގެންދިޔަ 2008 ވަނައަހަރުގެ ނ.އަތޮޅު ފުޓްބޯޅަމުބާރާތުން އެންމެފާހަގަކޮށްލެވުނު ހުނަރުވެރި އެއްކުޅުންތެރިޔަކީ ލަންދޫ ޒުވާނުންގެ ގުޅުމުގެ ޖާޒީނަންބަރު 11،މަނަދޫގެ ޒުވާން އުއްމީދީ ފޯރވާޑް އިބްރާޙިމް ނައުފަލް ( އަންކާ ) އެވެ.އަތޮޅުފެންވަރުގައި އަންކާ ފާހަގަކޮށްލެވިގެންދިޔައީ ސަބަބުތަކެއްނެތިއެއްނޫނެވެ.ލަންދޫ ޒުވާނުންގެ ގުޅުން އަތޮޅުމުބާރާތްގެ ފައިނަލްއަށް ގެންގޮސްދިނުމުގައި އެންމެ އިސްރޯލެއްއަދާކުރި އެކަކީ އިބްރާޙިމް ނައުފަލް (އަންކާ)އެވެ.އަދި މުޅިމުބާރާތްގެ އެންމެ ގިނަ ގޯލްޖެހިކުޅުންތެރިޔާގެ މަޤާމްހޯދީވެސް އަންކާއެވެ.އަންކާގެ ވާޖިބް އޭގެ އެންމެ ފުރިހަމގޮތުގައި އަދާކުރިއެވެ.ލަންދޫ ޒުވާނުންގެ ގުޅުމުން އުންމީދުވެސް ކޮށްފައިނުވާ ފައިނަލައްވެސް ލަންދޫގެންގޮސްދިނުމުގައި އެންމެ އިސްރޯލެއްއަދާކުރީ ހަމަ އަންކާއެވެ.މިކަން ތައްތައް ލަންދޫގެ އެންމެހާ ރައްޔިތުން ވަރަށް ރަގަޅައްބަލައިގަނައެވެ.ލަންދޫ ޒުވާނުންގެ ގުޅުމުން ބުނަނީ " ކަޅެއްކަމަކު ލިބިފައިހުރި އަގުބޮޑު ޖަވާހިރެއް"ކަމަށެވެ.އަޅުގަނޑުމެންއެދެނީ މިރޮގުގައި އަދަށްވުރެ ފެހި މާދަމާއެއް މާތްﷲ އިބްރާޙިމް ނައިފަލްއައް މިންވަރުކޮށްދެއްވުމެވެ.

ނ.ހޮޅުދޫގައިކުޅުނު މިއަހަރުގެ އަތޮޅުފުޓްބޯޅަމުބާރާތްގައި ބައިވެރިވި ލަންދޫފުޓްބޯޅަ ޓީމްގެ ސަޕޯޓަރެއްގެ ގަލަމުން
އަބޫބަކުރު އާދަމް ބިޖިލީގެ ނ.މަނަދޫ

މަޤުބޫލު ކުޅުމެއް ލަންދުއަށް ކުޅެދިންކުޅުންތެރިއެއްތިއީ
އިޤްރާރުވަން ފުޓްބޯޅައަށް ގަދަމޮޅު ކުޅުންތެރިއެއް ތިއީ ..................................
ނަލަރީތިކުޅުމެއް ދެއްކުމަށް ކުރިހިތްވަރަށް ތައުރީފުކޮށް
އަހަރެންމިއަދު އެހަނދާނުގައި ހަދިޔާކުރާ ޅެމެކޭ މިއީ ..................................
ދޫކޮށްނުލާ އަޒުމާއެކީ ކުރިކަން މަސައްކަތްފަށްފަށުން
ނޫނޭ! މަވެސްއެއްބަސްވަމޭ ލަންދޫ ސަޕޯޓަރެކޭ މިއީ ..................................
އަންގައިދެމުން ދައްކައިދެމުން ގެންދިޔަ ހުނަރުވެރިކުޅުމުގައި
ހަރަކާތްތެރިވި މަންޒަރު ފޮޓޯ ނެގިމީހެކޭ އަހަރެންމިއީ ..................................
ކާފަގެގުޅުންއޮތް ލަންދުއާ މެދުގައިބެހެއްޓި ސަމާލުކަން
ތާރީޚްވެސްހެކި ދޭނެޔޭ ފުރިހަމަ ހަޤީޤަތެކޭ މިއީ ..................................

ނ. ހެނބަދޫގައި ވަޅި ހަރައި އަންހެން ކުއްޖަކު މަރާލި ޤާތިލް މާލެ ގެންދިއުމަށްޓަކައި ތަހްޤީގް ޓީމް މަނަދޫއަށް އަތުވެއްޖެ

މިދިޔަ ހަޕްތާގައި މިއަތޮޅު ހެނބަދޫގައި ވަޅި ހަރައި އަންހެން ކުއްޖަކު މަރާލި ޤާތިލް މާލެ ގެންދިއުމަށްޓަކައި ތަހްޤީގް ޓީމް މިއަދު 11.14 ގައި މަނަދޫއަށް އަތުވެއްޖެއެވެ.ކުޅުދުއްފުށިން ފުރައިގެންއައި މިޓީމްގައި މޯލްޑިވްސް ޕޮލިސްގެ 4 ބޭފުޅުން ހިމެނި ވަޑައިގަންނަވައެވެ.

ވިސްނާލައްވާ!

-އސ- (cyber.cop@live.com) ލިއުނީ:

މުސްކުޅިން ބުނާތީ އަޑުއަހަމެވެ. އަހިވަކަކާޖެހި އަހިވަކެއްފާވާނެއެވެ. މިއަދު މިއޮތީ މިހެންވެފައެވެ. މަނަދޫގެ ގިނައަދަދެއްގެ ކުދިންގެ އަހުލާޤްމިވަނީ ހައްދުންނައްޓާފައެވެ. ސިގިރޭޓްބުއިމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ވައްކަންކުރުމާއި ބަދުއަހުލާޤީ އަމަލު ހިންގުން މިއަދު މިވަނީ ގިނަކުދިންގެ "ހޮބީ"އަކަށް ވެއްފައެވެ. ތުނބުގައި ސިގިރޭޓްޖަހައިލައިފާ ނިކުންނަ އިރު ކުއްޖާވެސް ވަނީ ސިގިރޭޓެއްވަރެވެ.
އާއެކެވެ، ކުޑަ ސޯބު އެބުރޭނީ ބޮޑު ސޯބުއެބުރޭ ގޮތަށެވެ. އެކުދިން އުޚެމުން އެދަނީ އެކުދިންގެ ބޮޑަށް ތިބިމީހުން އުޅޭ ގޮތަށެވެ. މިއަދު ބޮޑަތި މީހުންނަށް އިޙްތިރާމުކުރުމެއް، ވެރިންނަށް ކިޔަމަންތެރިވުމެއް އަދި މައިންބަފައިންގެ ބަސްއެހުމެއް މަނަދޫގެ މުޖްތަމަޢުއަކުނުތެވެ. ކިޔަވާ ކުދިންނަށް ހުޅުވާލެވިފައިވަނީ "ފްރީ ވާލްޑް" އެކެވެ. ބަންޑާރަ ހަސަނަށް މޫދު ހިތަކަށް ލިބުނު ގޮތައް އެކުދިންނަށް މިއަދުމިވަނީ "މިނިވަންކަން" ހިތަކަށް ލިބިފައިއެވެ. ކޮން ޤާނޫނެއްގެ ކިތައްވަނަ މާއްދާގެ ދަށުންކަމެއްވެސް ނޭންގެއެވެ. ޒުވާނުން ބައިވެރިވާ ސްޓޭޖް ޝޯވ ފަދަ ހަރަކާތްތަކުގައި ސުކޫލްކުދިން ބައިވެރިވުމަކީ އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ސްކޫލްކުދިންގެ ޤަވާއިދުގައި ވަރަށް ބޮޑަށް މަނާކޮށްފައިވާ ކަމެކެވެ. އެހެންނަމަވެސް މަނަދޫގައި ދާދިފަހުންވެސް ދިން ބައެއް ޝޯވތަކުގައި ސްކޫލްކުދިން ބައިވެރިވެފައިވާކަމީ ވަރަށް ހިތާމަކުރަންޖެހޭކަމެކެވެ. މިކަމަކީ މަނާކަމެއްކަން ޝޯވ އިންތިޒާމްކުރާ ފަރާތްތަކަށް ނޭންގެނީ ބާވައެވެ. މިކަހަލަ މިކަހަލަ ކަންތައްތައް ފެންނަންޏާ މިފަދަ ވާހަކަދެއްކޭނެއެވެ. މިފަދަ ކަންކަމުގެ ސަބަބުން ކުދިން އިތުރަށް ވިޔާނުދާވުން ނޫން ކަމެއްނުވާނެއެވެ. ބެލެނިވެރިންވެސް ތަންކޮޅެއްބޮޑަށް ހޭއަރަންވެއްޖެއެވެ. އެހެންނޫންނަމަ ކޮށި ދަނޑު ގެއްލި، ކަނތިވަޅި ގެއްލި، މަރިޔަބުވެސް ގެއްލިދަނެއެވެ.

އަވަސް ހަބަރު: ކުޑަފުނަފަރުގައި ރޭ މާރާމާރީ ހިންގައިފި


ނ. އަތޮޅުގައި ތަރައްޤީ ކުރަމުންދާ ރިސޯޓެއްކަމުގައިވާ ކުޑަފުނަފަރުގައި ރޭގެ ވަގުތެއްގައި އެތަނުގައި މަސައްކަތް ކުރަމުންދާ ބިދޭސީ ބައެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި މާރާމާރީ ހިންގާ ދެ ބިދޭސީއަކަށް އެކިވަރުގެ އަނިޔާތައް ދީފިއެވެ.


އަނިޔާ ލިބުނު ދެމީހުން މިއަދު 9.00ގައި ވަނީ މަނަދޫއަށް ގެނެސްފައެވެ. އަދި މާރާމާރީ ހިންގުމަށްފަހު ފިލައިގެން ޑިންގީއެއްގައި ޅޮހީއަށް ދިޔަ ދެމީހުންވެސް މިއަދު 10.30 ގައި ވަނީ މަނަދޫއަށް ގެނެސް މަނަދޫ ޕޮލިސް ސްޓޭސަންގެ ބެލުމުގެ ދަށުގައެވެ. މިމާރާމާރީ ހިންގާފައިވާކަމަށް ބެލެވެނީ 4 ބިދޭސީއަކުވެގެން 2 ބިދޭސީއަކަށެވެ. މިމައްސަލަ މިހާރުދަނީ މަނަދޫ ޕޮލިސް ސްޓޭސަން އިން ތަހްޤީޤް ކުރަމުންނެވެ.

Sunday, March 16, 2008

މަނަދޫ ކަތީބް އަލްފާޟިލް ސައީދު ޤާސިމް އަމިއްލަދަތުރުފުޅެއްގައި މާލެވަޑައިގެންފި


އަށްމަސްދުވަސްވަންދެން މާލޭގައި އިގިރޭސިދަސްކުރައްވަން އުޅުއްވުމަށްފަހު އެބުރި ރަށަށް ވަޑައިގެން ކުޑަދުވަސްކޮޅެއްވުމަށް ފަހު މިޔަދުހެނދުނުގެ ވަގުތެއްގައި،މަނަދޫ ކަތީބް އަލްފާޟިލް ސައީދު ޤާސިމް އަމިއްލަބޭނުންފުޅަކު މާލެވޑައިގަންނަވަން ފުރާވަޑައިގެންފިއެވެ.ސައީދު މާލެވަޑައިގަތުމުން އޮފީސްހިންގުމާއި ހަވާލުވެލައްވާފައިވަނީ ކަތީބް އަލްފާޟިލް ހަސަން އިބްރާޙިމް އެވެ.

ފުޓްސަލް ޓީމްގެ މެނޭޖަރުކަން ދޮނާއަށް


މިމަހު 26 ވަނަ ދުވަހު މެލޭޝިޔާގައި އޮންނަ އޭޝިއަން ފުޓްސަލް ޗެމްޕިއަންޝިޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ޓީމްގެ މެނޭޖަރަކަށް، ކުރިން ވެލެންސިއާގެ މެނޭޖަރުކަން ކޮށްފައިވާ އަހުމަދު މުހައްމަދު (ދޮނާ) ހަމަޖައްސައިފިއެވެ.


Friday, March 14, 2008

މަނަދޫ ރައްޔިތުންނާ އަތޮޅުވެރިޔާ ބައްދަލު ކުރައްވައިފި


ނ. އަތޮޅު އަތޮޅުވެރިޔާ އަލްފާޟިލް އަބުދުﷲ ޚަލީލް ރޭ މަނަދޫ ރައްޔިތުންނާއި ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި އަތޮޅުވެރިން އަލި އަޅުވައިލެއްވީ މަނަދޫގެ މައި މަގެއްކަމުގައިވާ ސޯސަން މަގު ކަށިމަސް ތުނޑިއާއި ދިމާއިން ފޫދުއްވާލުމުގެ މަސައްކަތް ކުރިއަށް ގެންދެވިދާނެ ގޮތަކާއިމެދު މަސްވަރާ ކުރުމާއި އަދި މަނަދޫގެ މޫނުމަތި ކަމުގައިވާ ބަނދަރު ރީތި ކުރުމާއި ބެހޭ ގޮތުންނެވެ.


އަތޮޅު ވެރިޔާގެ ވާހަކަފުޅުގައި ސޯސަންމަގު ފޫދުއްވާލުމަށްޓަކައި އަތޮޅުގައި ތަރައްޤީ ކުރަމުން އަންނަ ރިސޯޓެއްކަމުގައިވާ މެދުފުށީގައި ބޭނުން ކުރާ ބައެއް ވެހިކަލްތައް ގެނެވިދާނެ ކަމާއި އަދި އެއަށް ބޭނުންވާ ތެލުގެ ޚަރަދު އަތޮޅު އޮފީހުން ހަމަޖައްސައިދޭނެ ކަމުގައި ވިދާޅުއެވެ.


މީގެ އިތުރުން މަނަދޫ މޫނުމަތި ރީތި ކުރުމަށްޓަކައި ބަނދަރުމަތި ރީތި ކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކުގެ ވާހަކަވެސް ދެއްކެވިއެވެ. މިގޮތުން ބަނދަރުމަތީ ޕާކުތައް ޒަމާނީ ފެންވަރަށް ހެދުމާއި ކުޑަކުދިންގެ ޕާކެއް ހެދުމަށް ވާހަކަ ދެކެވުނެވެ.


އަތޮޅުވެރިޔާގެ ވާހަކަފުޅުގައި މަނަދޫ ކަރަންޓްގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން ގެންނަ 200 ކިލޯގެ ޖެނެރޭޓަރ މިހާރު ހުރީ މާލެ ގެނެވި ކަސްޓަމްސްގައި ކަމަށްވެސް ވިދާޅުވިއެވެ. އަދި މަނަދޫގައި ގެވަޅު ދިނުމުގެ ކަންތައްތައްވެސް ވަރަށް އަވަހަށް ހަމަޖެހިގެން ދާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި އެންމެހާ ކަމެއްގައި ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ބޭނުންވާނެކަމުގައިވެސް ވިދާޅުވިއެވެ.

Thursday, March 13, 2008

ރައްޔިތުންގެ މަޖްލީސް އާއި ހާއްސަ މަޖްލިސްގެ މެމްބަރުންގެ ޒިންމާ ނ. އަތޮޅު މެމްބަރުންނަށް ނެގުމަށް ނުކުޅެދެވިފާ


މަޖްލީހަށް ހާޞިރުވެނުލައްވާ މެމްބަރުންގެ ނަންތައް ޓީވީ މޯލްޑިވްސް އިން ޢާންމުކުރި އިރު ނ.އަތޮޅުގެ އިއްޒަތްތެރި މެމްބަރު އަލްފަޟިލް އަލީ މުޙައްމަދުގެ ނަން ހިމެނިގެންދިއުމީ އަޅުގަނޑުމެން ވަރަށް ހިތާމަކުރާ ކަމެކެވެ.
މަޖްލީހަށް ރައްޔިތުން ހޮވާފައިވާ ކޮންމެ މެމްބަރުއަކީވެސް ރައްޔިތުން ޒިންމާތަކެއް ހަވަލުކޮށްފައި ތިއްބެވި ބައެކެވެ.ރާއްޖޭގެ އިސްލާޙީ މަސައްކަތުގައި އެންމެ މުހިންމު ދައުރެއްއޮތް ބަޔަކީ މަޖްލީހުގެ މެމްބަރުން ކަމަށްވާއިރު އެބޭފުޅުން މަޖްލީހުގެ ޖަލްސަތަކަށް ޙާޒިރުވުމުގައި ފަރުވަކުޑަކުރައްވާ ނަމަ، ރައްޔިތުން އެދޭ އިސްލާހެއް އަވަސްފުރުސަތެއްގައި މިޤައުމުން ފެނިގެންދިއުމަކީ ނާދިރުކަމެކެވެ.

މިނިސްޓްރީ އޮފް ޖަސްޓިސްގެ ނައިބް މަނަދޫއަށް ވަޑައިގަންނަވައިފ


މިނިސްޓްރީ އޮފް ޖަސްޓިސްގެ ނައިބް އަލްއުސްތާޥް އަހުމަދު މުޙައްމަދު ށ.ނ އަދި ޅ އަތޮޅުގެ ބައެއްރަށް ރަށަށް ކުރައްވަ ދަތުރު ފުޅެއްގައި މިޔަދު ހެނދުނު 9.00 ގައި މަނަދޫ އަށް ވަޑައިގެންފިއެވެ.އަހުމަދު މުޙައްމަދުގެ އިސްތިޤްބާލްގައި މިލަދުންމަޑުލު ދެކުނުބުރީ އަތޮޅުވެރިޔާ އަލްފާޟިލް އަބުދުﷲ ޚަލީލްއާއި އަތޮޅު އޮފީހާއި ރަށުއޮފީހުގެ އިސްވެރިންނާއި ސަރުކާރުގެ ބައެއްމުވައްޒަފުންނާއި ޢާންމުންގެ ބައެއް ފަރާތްތަކުން މަނަދޫގެ ރަސްމީ ފާލަންމަށްޗަށްނުކުތެވެ.މިދަތުރުފުޅުގައި ނ.އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގަންނަވާ ގޮތައްވަނީ ހަމަޖެހިފައެވެ.

އިސްލާމިކް ޑިމޮކްރެޓިކް ޕާޓގެ ރައިސް މަނަދޫއަށް ވަޑައިގަންނަވައިފި



އިސްލާމިކް ޑިމޮކްރެޓިކް ޕަރޓީގެ ރައިސް އަލްފާޟިލް އުމަރު ނަސީރު މިޔަދު ހެނދުނު 10.00 ގައި މަނަދޫއަށް ވަޑައިގަންނަވައިފިއެވެ.2008 ވަނަ އަހަރު ދިވެހިރާއްޖޭގައި ބާއްވާ ރިޔަސީ އިމްތިޚާބްގައި ދިވެހިރާއްޖޭގެ ރައީސްކަމަށް ކުރިމަތިލައްވާނެކަމަށް ބުނެ އުމަރު ނަސީރު ފައްޓަވައިގެން މިއުޅުއްވާ ކެމްޕޭންދަތުރުފުޅުގައި މަނަދޫއަށް ވަޑައިގެން މަނަދޫގެ ބައްއެ ޢާންމުންނާއި ބައްދަލުކުރައްވާ މަނަދޫގެ ބޮޑަތި މަގުތަކުގައި އުމަރު ހިންގަވާލެއްވިއެވެ.

އަދި މަނަދޫގެ ބޮޑަތިމަގުތަކުގައި އުމަރުގެ ކެމްޕޭން ފޮޓޯއާއި ބެނަރ ދަމައިގެން ކެމްޕެއިން ލަވަޖަހައިގެ ޕިކަޕްދަތުރުތަކެއްވެސް ވަނީ ބާއްވަފައެވެ.

މަނަދޫގައި އަންހެން ކުއްޖަކު ކަޓަރުން ހަމަލާދީފި

ރޭގެ 11.30 އެހާކަތަހާއިރު މިރަށު އުދަރެސް ރީމާ (ބާރަށު ރިމާ) ،މިރަށު ހަވޭލި ހުސައިން (ހުސްދީ) ގެ އަތުގައި ކަޓަރުއަޅާ ހަތަރު ފަސްތަނަކުން ޒަޙަމުކޮށްލައިފިއެވެ. ހުސައިންނަށް ނ. އަތޮޅު ހޮސްޕިޓަލްގައި ރޭ ފަރުވާދިނުމަށް ފަހުވަނީ މިހާރު ދޫކޮށްލައިފައެވެ. މި މައްސަލަ މިހާރު މަނަދޫ ޕޮލިސް ސްޓޭޝަންއިން ގެންދަވަނީ ތަޙްޤީޤް ކުރައްވަމުންނެވެ.

ދޮންވެލިގޭގއި އަލިފާން ރޯވެ ވަރަށް ބޮޑަށް އަދައިފި



ރޭ ގާތްގަނޑަކަށް 11.15 އެހާކަތްހާއިރު މިރަށު ދޮންވެލި ޔޫސުފް އިބްރާޙިމް ގެ(ދޮންވެލި) ގޭގައި ވަރަށް ބޮޑައް އަލިފާން ހިފާ އެކިވަރުގެ ގެއްލުންތައްވަނީ އެގެއަށް ލިބިފައެވެ. އެ ގެއަކީ ކުރިން ބަންގާޅީން އުޅުނު ގެއެކެވެ.މިހާރު އެގެހުންނަނީ ފަޅަށެވެ.ރޭ އެގޭގައި އަލިފާން ހިފާފައިވަނީ ކަރަންޓް ސޯޓެއްގެ ސަބަބުން ކަމަށް ލަފާކުރެވޭކަމަށް ގޭގެ ވެރިފަރާތުން ހާމަކުރެއެވެ.ސިފައިންނާއި ޢާނަމުންގެ ގިނަ އަދަދެއްގެ ބަޔަކުވެން ރޭވަނީ މިއަލިފާން ނިންވާލައިފައެވެ.

ނ. ހެނބަދޫގައި ވަޅި ހަރައި އަންހެން ކުއްޖަކު މަރާލައިފި



އިއްޔެހަވީރު 5.30 އެހާކަތްހާއިރު ނ.ހެނބަދޫގައި ހިގިމާރާ މާރީއެއްގައި ކަޓަރަކުން ހަމަލަދީ ވަރަށްބޮޑައް ޒަޙަމްކޮށްލައިގެން އެރަށު ފުސްފަރު އުމުރުން 17 އަހަރުގެ ނަދީމާ އިސްމާއިލް ނ.ވެލިދޫ ސިއްޙީމަރުކަޒަށް ގެންގޮސް ފަރުވާދެވެން ނެތުމުން . އަތޮޅުހޮސްޕިޓަލްއަށްގެނެސް އެ ހޮސްޕިޓަލްގައި އެކަށީގެންވާ ފަރުވާދެވެން ނެތުމުން އުގޫފާރު ރީޖަނަލް ހޮސްޕިޓަލްއަށް ގެންގޮސް ފަރުވާދެމުން ދަނިކޮން ރޭ10.45އެހާކަތްހާއިރު ވާނީ ނިޔާވެފައެވެ.
މި އަންހެންކުއްޖާ ގައިގާ ކަޓަރުއަޅާފައިނީ ނ.ހެނބަދޫ ހީނާމާގޭ އުމުރުން 24 އަހަރުގެ އަހުމަދު އަބްދުއްސައްތާރުއެވެ.މިދެމީހުން ނަކީ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ޖެހުނު މައްސަލައެއްގައި ރުޅިވެފައިވާ ދެމީހުންނެވެ.މީގެ ހަތަރުވަރަކަށްދުވަސްކުރިން މި އަންހެންކުއްޖާ މަރާލާނޭ ކަމަށް އަހުމުދު އަބްދުއްސައްތާރު ބުނި ކަމަށްއެވެ.މި މައްސަލަ މިހާރު ފުލުހުން ގެންދަވަނީ ތަޙުޤީޤްކުރައްވަމުން ނެވެ.

Wednesday, March 12, 2008

އިސްލާމިކް ޑިމޮކްރެޓިކް ޕާރޓީގެ ކެމްޕެއިން ގްރޫޕް މަނަދޫއަށް


2008 ވަނަ އަހަރު ރާއްޖޭގައި ބޭއްވޭ ރިޔާސީ އިންތިޚާބްގައި ،އިސްލާމިކް ޑިމޮކްރެޓިކް ޕާރޓީއިން ދިވެހިރާއްޖޭގެ ވެރިކަމަށް ކުރިމަތިލައްވައިގެން އުޅުއްވާ އެޕާރޓީގެ ކެންޑިޑޭޓް އުމަރު ނަސީރު މަނަދޫއަށް ވަޑައިގަންނަވާ ގޮތައްވަނީ ހަމަޖެފައެވެ.އުމަރު މަނަދޫއަށް ވަޑައިގަތުމުގެ ކުރިން އެޕާރޓީގެ ކެމްޕެއިން ގްރޫޕް މިޔަދުގެ ހެނދުނުގެ ވަގުތެއްގައި ވަނީ މަނދޫއަށް ޒިޔާރަތްކޮށްފައެވެ.މި ޒިޔާރަތުގައި ޕާރޓީއާއި ޕާރޓީގެ ޒައީމު ޕްރޮމޯޓްކުރުމަށްޓަކާ ،ލީފްލެޓް،ފޮޓޯ ޕޯސްޓަރ،ޓީ ޝަރޓް،ތޮފީ ފަދަތަކެތި ވަނީ ރަށުތެރޭގައި ބަހާފައެވެ.ޚަބަރު ލިބިފައިވާގޮތުގައި ވަރަށް އަވަހަށް އުމަރު ނަސިރު މަނަދޫއަށް ވަޑައިގަންނަވާނެއެވެ.

Tuesday, March 11, 2008

މަނަދޫގެ ކުރިމަގު..އަތޮޅުމަދަރުސާގައި މަތީސާނަވީ ތަޢުލީމު އުފެދިގެން ދިއުން.... މަނަދޫއަށް އުފަން ކޮންމެ ދަރިޔަކުމެ ވިސްނާލުން ކޮންމެ ހެން މުހިންމު


( ލިޔުނީ އެމްޖީ )


އަޅުގަނޑަކީވެސް މަނަދޫގެ މިލޮބުވެތި ފަސްގަނޑަށް އުފަން މަނަދޫގެ ރައްޔިތަކީމެވެ. ޒަމާނުންސުރެ މަނަދޫ މީހެކޭ ބުނުމުން ފަހުރުވެރިވަމުންއައި މަނަދޫއަކީ އަތޮޅު ވެރިކަންކުރާ ބިމުގެ ޖާގަބޮޑު ފުރުސަތުތައް އިތުރު ރަށެއްކަމުގެ ހުވަފެން ދަންކަމުންދިޔަ ރަށެކެވެ. އެހެނަސް ޒަމާން ބަދަލުވާންފަށައިފިއެވެ. އިރުވައިތޮށީގެ މާފަރު ލަންދޫ މާޅެންދޫ މަނަދޫފުރެންދެން ކުދިން ކިޔަވަން ގެނެސްގެން އުޅުނު ދުވަސް މާޒީއާއި އެކުވެގޮސްސި އެވެ. މިހާރު މަނަދޫއާ އެއްފެންވަރުގައި މިދެންނެވި ހުރިހާ ރަށެއްގައިވެސް ތަޢުލީމު ލިބެމުން ދެއެވެ.
ދަންނަވަން މިއުޅެ ވާހަކައަކީ މަނަދޫގެ ކުރިމަގު ފާހާނާ އާއި ނަރުދަމާގެ ނިޒާމެއް އަޅާލައިގެން ފުއްދާލެވެކަށްނެތެވެ. ތައުލީމަކީ ކޮންމެ ތަނެއްގެ ކުރިއެރުމަށް ވީހިނދު ރަށުގެ ސްކޫލްގެ ކުރިމަގު އުޖާލާކުރަންވަނީ މަނަދޫއަށް އުފަން ކޮންމެ މީހެއްގެ ވާޖިބެއްކަމުގައި ވެފައެވެ. ކެނދިކުޅުދޫ ހޮޅުވެލިދޫގައި ނޫނަސް ވެރިކަންކުރާ މަނަދޫގެ ނ.އަތޮޅު މަދަރުސާގައިވެސް މަތީސާނަވީ ތަޢުލީމުގެ ފުރުސަތު ތަނަވަސްކުރެވޭތޯ ގަދައަޅާ މަސައްކަތް ކުރަންވަނީ މަޖުބޫރުވެފައެވެ.
ކޮންމެ މީހަކަށްވެސް އޮޅިފައިނުވާ ފަދައިން ނ.އަތޮޅު މަދަރުސާގައި ދައުރުކުރާ ހެޑްމަސްޓަރުންގެ ވާހަކައަކީ ހައިރާންވާ ވާހަކައެއްނޫނެވެ. އެހެނަސް ކުރީގައި ގާދިރުގެ ހާބާ، އަބޫބެގެ ތުއްތުކޮއި ، ހާރޫނު މޫސަގެ މަނިކުމެން ތިބީމާ ކުރިނާރާކަމުގެ ޝަކުވާތައް ކުރިނަމަވެސް މިއަދަކު މިދެންނެވިމީހުނެއްވެސް ނެތެވެ. ސުވާލަކީ ސްކޫލްގެ ސަބަބުން ކުރިނާރަނީ ތޯ ރަށުގެ ރައްޔިތުން ޒުވާނުން ބެލެނިފވެރިން ހޭލުންތެރިވާންވީ ވަރަށްހޭލުންތެރިނުވަނީތޯ........މަނަދޫގެ ކުރިމަގުކުދިންނޭ ދަނީ ފަނޑުވަމުން ރަށުއޮފީހުންވެސް އެއްވެސް މިފަދަ ކަމަކާ ދޭތެރޭގައި ނުވިސްނާ ކޮންމެ އަހަރަކު މައިންބަފައިން ދާއޮހޮޅުވައިގެން 10 އަހަރު ވަންދެން ދަރިންނަށް ކޮށްދޭ ހޭލަ ދަނީ މުޅިންވެސް ޔޫ ސެޓަކުން.....މިކަމާމެދު ވިސްނާ ފިކުރުކުރޭ...މަނަދޫގެ ތަޢުލީމީގޮތުން ކުރިއެރުން މަނަދޫގެ ކުރިމަގު...އަންނަންއޮތް ޖީލުގެ ކުރިމަގު..

Independence Day Items Results

Swimming (Male)
1- Ismail Abdulla (Betis)
2- Rimzad (Vaareyvilla)
3- Samoon Aboobakuru (Simba)

Swimming (Female)
1- Aiminath Aboobakuru
2- Haseena Adam
3- Nadhiya

Fangivinun (within 15 min)
1- Sara Yosuf (3ft 6inch)
2- Haseena A. Gayyoom (2ft 10inch)
2- Aishath Moosa / Dhodhi (2ft 10inch)
3- Murushidha A. Jaleel (2ft 6inch)

Thinfai Reys
1- Hasheena Adam / Fathmath Saeeda
2- Murushidha A. Jaleel / Zuleyha
3- Aiminath Hassan / Fazeena

Bulhi Askolhulun (within 3 min)
1- Ahmed Rasheed / Dhon annaaruge (8 bulhi)
2- Ishaaq / Peacock (7 bulhi)
3- Hussein Yosuf / Vasmeeru (6 bulhi)

Roanu Veshun (within 8 min)
1- Zuleyha Moosa / Heylhi (17ft 3inch)
2- Sara Yosuf / Sundream (16ft 10inch)
3- Habeeba Ibrahim / Fulooniyaage (12ft 7inch)

Huni Geynun
1- Zaahira Mohamed / Moomina Manzil
2- Haseena A. Gayyoom / Gulzaaruge
3- Murushida A. Jaleel / Seasunge

Goani Reys
1- Haseena Adam / Gulishthaanuge
2- Haseena A. Gayyoom / Gulzaaruge
3- Zuleyha Mohamed / Saadha Manzil

Vaadha Raivaru
1- Team B (Ahmed Rasheed, Ishaaq, Haajara, Aishath Moosa, Aishath Hassan)
2- Team A (Abdul Gadir, Aiminath Hassan, Habeedaitha, Sanfa Adam, Zuleyha Moosa)

Saturday, March 8, 2008

ނެޓްބޯލް ޗެމްޕިއަންކަން ފެމިލީ އެންޑް ޗިލްޑްރެން ސާރވިސް ސެންޓަރ ހޯދައިފި

ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށްދާ ކުޅިވަރު ހަރަކާތްތަކުގެ ތެރެއިން އިއްޔެ ކުޅެވުނު ނެޓްބޯލް މުބާރާތުގެ ޗެމްޕިއަންކަން ފެމިލީ އެންޑް ޗިލްޑްރެން ސާރވިސް ސެންޓަރ ހޯދައިފިއެވެ.ފައިނަލްގައި ވަބޭނޭ ސްޕޯޓްސް އާއި ބައްދަލުކޮށް ފެމިލީ އެންޑް ޗިލްޑްރެން ސާރވިސް ސެންޓަރގެ ޓީމް މެޗް ކާމިޔާބު ކުރީ 21-11 އިންނެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެމިލީ އެންޑް ޗިލްޑްރެން ސާރވިސް ސެންޓަރގެ ސަމީރާއެވެ.

Friday, March 7, 2008

ވެލިދޫގައި މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރަމުންދިޔަ ކަމަށް ބެލެވޭ މީހަކު އަތުލައިގެންފި

މިއަތޮޅު ވެލިދޫގައި މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރަމުންދިޔަ ކަމަށް ބެލެވޭ މީހަކު މަސްތުވާތަކެއްޗާއި އެކު ހައްޔަރުކޮށްފިއެވެ.

އަތޮޅު މުބާރާތުގެ ފައިނަލް މެޗް މިލަދޫ ސްޕޯޓްސް ކާމިޔާބުކޮށްފި

އިއްޔެ ހަވީރު ހޮޅުދޫ ސްޓޭޑިއަމްގައި ކުޅެވުނު ނ. އަތޮޅު މުބާރާތުގެ ފައިނަލް މެޗް މިލަދޫ ސްޕޯޓްސް ކާމިޔާބުކޮށްފިއެވެ. ފައިނަލްގައި ދެކޮޅަށް ވާދަކުރީ ލަންދޫ ޒުވާނުންގެ ޖަމުއްޔާއެވެ. ފުރަތަމަ ހާފް ނިމެން ކައިރިވެފާ ވަނިކޮށް މިލަދޫ ސްޕޯޓްސް ގެ ޖޯޒީ ނަމްބަރު 8 ޖެހި ލަނޑާއިއެކު އިތުރުލަނޑެއް އެއްވެސް ކޮޅަކަށް ނުޖެހި ފައިނަލް މެޗް ކާމިޔާބު ކުރީ މިލަދޫ ސްޕޯޓްސް އެވެ.

ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހުގެ ކުޅިވަރު ހަރަކާތްތައް ފައްޓައިފި


މާދަމާ އަކީ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހެވެ. މިގޮތުން މަނަދޫ އަންހެނުންގެ ކޮމިޓީގެ ފަރާތުން އިންތިޒާމް ކޮށްގެން ނުހަނު ގިނަ ކުޅިވަރުތައް ގެންދިއުމަށް ވަނީ ރާވާފައެވެ. އަދި ބައެއް ކުޅިވަރުތައް ވަނީ މިހާރު ފަށާފައެވެ. މިގޮތުން މިއަދު ފެށި ނެޓްބޯޅަ މުބާރާތުގައި ތިން ޓީމް ވާދަކޮށް މިހާރު ވަނީ ފައިނަލް ކުޅޭނެ ޓީމްތައް ކަށަވަރުވެފައެވެ. ނަމަވެސް މުބާރާތުގެ އެއް މެޗް އަދި ބާކީ އެބައޮތެވެ. ފައިނަލް ގައި ބައްދަލު ކުރާނީ ވަބޭނޭ ސްޕޯޓްސް އާއި ޗިލްޑްރެން ސާރވިސް ސެންޓަރގެ ޓީމް އެވެ. އަދި މީގެ އިތުރުންވެސް ތަފާތު ކުޅިވަރުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

Tuesday, March 4, 2008

MO is back ONLINE

Sorry for any inconvenience that MO readers had faced due to not updating for a while due to a technical dilemma. MO is back online to give you the news you want from your beloved island Noonu Manadhoo.

Saturday, March 1, 2008

މަނަދޫގައި ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފުޓްބޯޅަ މެޗެއް

މަނަދޫގައި ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފުޓްބޯޅަ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިއަދު ހަވީރު 4.00 ގައި މަނަދޫ ބޯޅަ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ މެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައި ވަނީ މީހުނާ އިދެގެން އުޅޭ ކުޅުންތެރިންގެ ޓިމަކާއި ނީންނަ ކުޅުންތެރިންގެ ޓީމެކެވެ. ފުޓްބޯޅަ މެޗަކީ މަނަދޫ ޒުވާނުން އެކިއެކި ދުވަސްތައް ފާހަގަ ކުރުމަށް ވަރަށް ގިނައިން ކޮށްއުޅޭ ކަމެކެވެ. މިނޫން ހަރަކާތްތައް ފެނިގެން ދިއުމަކީވެސް ގިނަ ބަޔަކު އުންމީދު ކުރާނެ ކަމެއްކަން ކަށަވަރެވެ.

Haveeru Online