Wednesday, March 19, 2008

Hotel "Bikiri" opened with a new management


Bikiri has been opened yesterday 4.00 pm after been closed for quiet some time. Bikiri is opened by the new management Hasan (Hareera dhaithage) and Abdulla Shafeeu (Gulzaaruge) with 2 chefs and 3 waiters.

For the opening ceremony they had 'Bodibaih with Kulhimas' for FREE "Sabeelillaahi ah emeehaka emeeheh" told MO by a customer.

Currently there are 3 restaurants in Manadhoo and a news restaurant (Foalhavahi Restaurent) is nearly finished and will be running soon. This shows that Manadhoo community is also getting aware of business around the world.

Tuesday, March 18, 2008

ި 18އަހަރުނުފުރޭ ކުޑަކުދިންލައްވާ އުޖޫރައަށް މަސައްކަތްނުކުރުއްވުމަށް ފެމެލީ އެންޑް ޗިލްޑްރަން ސާރވީސް ސެންޓަރުން އިލްތިމާސް ކުރައްވައިފި








މިދަންނަވާލަނީ މަނަދޫގައިހުންނަ ފެމެލީ އެންޑް ޗިލަޑްރަން ސާރވީސް ސެންޓަރުން 17 މާރޗް 2008 ގައި ނެރެފައިވާ އެސެންޓަރުގެ ނަންބަރު 02/2008/ޑީ-އެފް ސީ އެސް ސީ އިޢުލާންގައިވާ އިބާރާތްކޮޅެކެވެ.
"މިރަށުގައި މިފަހަކަށް އައިސް އުމުރުން 18 އަހަރުންދަށުގެ ކުދިންގެ ތެރެއިން ސްކޫލައްދާ އުމުރުގެ ކުދިންލައްވައި އުޖޫރައަށް މަސައްކަތްކުރުން ވަރަށްބޮޑައް އިތުރުވެފައިވާކަން މިސެންޓަރަށްވަނީ ފާހަގަކުރެވިފައެވެ.އަދި މިކަމުގެ އަސަރު ނޭދެވޭ އަސަރު އެފަދަކުދިންގެ ތަޢުލީމާއި ތަރުބިއްޔަތަށް ކުރަމުންއަންނަކަން ވަރަށްބޮޑައް ފާހަގަކުރެވެއެވެ.އަދި މިކަމަކީ ރާއްޖޭގެ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާއި ބެހޭ ޤާނޫނުގައިވެސް މަނާކުރެވިފައިވާ ކަމެއްކަން މިފުރުޞަތުގައި ހަނދާންކޮށްދެމެވެ.
ވީމާ ސްކޫލަށްދާ އުމުރުގެ ކުދިންލައްވާ މިރަށުގައި އިޖޫރައަށް މަސައްކަތްކުރުވާ ފަރާތްތަކުގެ ކިބައިން އެކަން އެގޮތައް ނުކުރުމަށް ތަކުރާރުކޮށް އިލްތިމާސް ކުރަމެވެ.އަދި މިކަން ހުއްޓުވުމަށްޓަކާ އެފަދަކުދިންގެ ބެލެނިވެރިން ހާއްސަ ސަމަލުކަމެއް ދީގެން މަސައްކަތް ކޮށްދެއްވުމަށް އެދޭވާހަކަ މިފިރިޞަތުގައި ދަންނަވަމެވެ."

މަނަދޫގެ ދުލުން


ލިޔުނީ: -އސ- (cyber.cop@live.com)


އަހަރެންނަށް ލިބިފާ މިތިބީ ކޮންފަދަ ކަންނެތް ދަރިންތަކެއްހެއްޔެވެ؟ މުރާލި އަދި ކަމެއް ކޮށްދެވޭ ވަރުގެ ދަރިންތަކެއް ލިބުނީތީވެ އެކުދިންވެސް އަހަރެން ދޫކޮށްލައިފާ ދުރަށް ގޮސްފިއެވެ. އަހަރެންގެ ވަށައިގެންވާ އަވަށްޓެރިންނާއި އެހެންވެސް ރަށްރަށަށް އެތަންތަނުގެ ދަރިން ކޮށްދެމުން އަންނަ ހިދުމަތްތައް ބަލަން އަހަރެން މިއޮންނަނީ ފެންކަޅިވެފައެވެ. އެކަމަކު އަހަރެންގެވެސް 1600 އަށްވުރެ ގިނަ ދަރިން އެބަތިއްބެވެ. އަހަރެންނަށްޓަކައި ކޮށްދޭ އެއްކަމެއްވެސް ނެތެވެ.
އަހަރެންގެ މަގަތުގައި އޮތް މިލަދޫ ފަޅުގައި ބޮޑުހިލަ ޖަހާތަން ދެކެފީމެވެ. ކުރިމަތީއޮތް ކެނދިކުޅުދޫގައި އޭ ލެވެލް ކިޔަވައިދޭން ފެށި ހަބަރު އަޑުއަހައިފީމެވެ. މޭނާ ސްކޫލްގައި މިއަހަރު އޭ ލެވެލް އަށް ކިޔަވާދޭން ފަށާ ވާހަކަވެސް އެބަ އިވެއެވެ. ސްޓޭޑިއަމް ކެނދިކުޅުދޫއަށް ގެންދިޔައީ އަހަރެން އެކަމަށް ރޮއިރޮއި އޮށްވައެވެ. އަތޮޅު ތައުލީމީ މަރުކަޒު ވެލިދޫގައި އެޅީ އަހަރެން އެކަމަށް ސަރުތު ހަމަނުވާތީތޯއެވެ؟ އަހަރެން ބުމުގެ ގޮތުން ކުޑައީބާވައެވެ؟ ދުވަހުން ދުވަހަށް ބަދަލުވަނީ އަހަރެންގެ ދަރިންނެވެ. އަހަރެން ޒީނަތްތެރިކޮށް އަހަރެންނަށް ރީތިނަމެއް ހޯދައިދެވޭތޯ ބަލަނީ ކޮންދަރިއެއްތޯ؟
މި ހިތާމައިގައި އަހަރެން ކެތްކުރާތާ ލައްކަ ދުވަސް ވެއްޖެއެވެ. އެހެން މީހުން އެމީހުންގެ ރަށާއި ޤައުމުދެކެ ލޯބިވެއެވެ. ފަހުރުވެރިވެއެވެ. އެކަމަކު އަހަރެންނަށް މިއޮތީ ދިމާ އިދިކޮޅެވެ. " ޤައުމު ތިމާއަށް ކޮށްދެވޭނީ ކޮންކަމެއްތޯ ނާހާށެވެ. ތިމާ ޤައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ އަހާށެވެ" . އެކަމަކު އަހަރެންގެ ދަރިން އަބަދުވެސް ސަކުވާ ކުރަނީ އަހަރެން ކަންތައްތައް ނުކޮށްދީގެންނެވެ. ދުވަހަކުވެސް އެއިން ދަރިޔަކު އަހަރެންނަށްޓަކައި ކޮށްދޭންވީ ކޮންކަމެއްތޯ ނާހާނެއެވެ. އަހަރެންގެ ދަރިން އަހަރެންނާ އަޅާލައި ހިދުމަތްކޮށްދޭނީ ކޮންދުވަހަކުންބާވައެވެ؟ މާތް ރަސްކަލާނގެ އެފަދަ ދުވަހެއް އަވަސް މުސްތަޤުބަލެއްގައި ދައްކަވާށިއެވެ. އާމީން.

Monday, March 17, 2008

ކަޅެއްކަމަކު އަގުބޮޑު ޖަވާހިރެއް!


ނިމިގެންދިޔަ 2008 ވަނައަހަރުގެ ނ.އަތޮޅު ފުޓްބޯޅަމުބާރާތުން އެންމެފާހަގަކޮށްލެވުނު ހުނަރުވެރި އެއްކުޅުންތެރިޔަކީ ލަންދޫ ޒުވާނުންގެ ގުޅުމުގެ ޖާޒީނަންބަރު 11،މަނަދޫގެ ޒުވާން އުއްމީދީ ފޯރވާޑް އިބްރާޙިމް ނައުފަލް ( އަންކާ ) އެވެ.އަތޮޅުފެންވަރުގައި އަންކާ ފާހަގަކޮށްލެވިގެންދިޔައީ ސަބަބުތަކެއްނެތިއެއްނޫނެވެ.ލަންދޫ ޒުވާނުންގެ ގުޅުން އަތޮޅުމުބާރާތްގެ ފައިނަލްއަށް ގެންގޮސްދިނުމުގައި އެންމެ އިސްރޯލެއްއަދާކުރި އެކަކީ އިބްރާޙިމް ނައުފަލް (އަންކާ)އެވެ.އަދި މުޅިމުބާރާތްގެ އެންމެ ގިނަ ގޯލްޖެހިކުޅުންތެރިޔާގެ މަޤާމްހޯދީވެސް އަންކާއެވެ.އަންކާގެ ވާޖިބް އޭގެ އެންމެ ފުރިހަމގޮތުގައި އަދާކުރިއެވެ.ލަންދޫ ޒުވާނުންގެ ގުޅުމުން އުންމީދުވެސް ކޮށްފައިނުވާ ފައިނަލައްވެސް ލަންދޫގެންގޮސްދިނުމުގައި އެންމެ އިސްރޯލެއްއަދާކުރީ ހަމަ އަންކާއެވެ.މިކަން ތައްތައް ލަންދޫގެ އެންމެހާ ރައްޔިތުން ވަރަށް ރަގަޅައްބަލައިގަނައެވެ.ލަންދޫ ޒުވާނުންގެ ގުޅުމުން ބުނަނީ " ކަޅެއްކަމަކު ލިބިފައިހުރި އަގުބޮޑު ޖަވާހިރެއް"ކަމަށެވެ.އަޅުގަނޑުމެންއެދެނީ މިރޮގުގައި އަދަށްވުރެ ފެހި މާދަމާއެއް މާތްﷲ އިބްރާޙިމް ނައިފަލްއައް މިންވަރުކޮށްދެއްވުމެވެ.

ނ.ހޮޅުދޫގައިކުޅުނު މިއަހަރުގެ އަތޮޅުފުޓްބޯޅަމުބާރާތްގައި ބައިވެރިވި ލަންދޫފުޓްބޯޅަ ޓީމްގެ ސަޕޯޓަރެއްގެ ގަލަމުން
އަބޫބަކުރު އާދަމް ބިޖިލީގެ ނ.މަނަދޫ

މަޤުބޫލު ކުޅުމެއް ލަންދުއަށް ކުޅެދިންކުޅުންތެރިއެއްތިއީ
އިޤްރާރުވަން ފުޓްބޯޅައަށް ގަދަމޮޅު ކުޅުންތެރިއެއް ތިއީ ..................................
ނަލަރީތިކުޅުމެއް ދެއްކުމަށް ކުރިހިތްވަރަށް ތައުރީފުކޮށް
އަހަރެންމިއަދު އެހަނދާނުގައި ހަދިޔާކުރާ ޅެމެކޭ މިއީ ..................................
ދޫކޮށްނުލާ އަޒުމާއެކީ ކުރިކަން މަސައްކަތްފަށްފަށުން
ނޫނޭ! މަވެސްއެއްބަސްވަމޭ ލަންދޫ ސަޕޯޓަރެކޭ މިއީ ..................................
އަންގައިދެމުން ދައްކައިދެމުން ގެންދިޔަ ހުނަރުވެރިކުޅުމުގައި
ހަރަކާތްތެރިވި މަންޒަރު ފޮޓޯ ނެގިމީހެކޭ އަހަރެންމިއީ ..................................
ކާފަގެގުޅުންއޮތް ލަންދުއާ މެދުގައިބެހެއްޓި ސަމާލުކަން
ތާރީޚްވެސްހެކި ދޭނެޔޭ ފުރިހަމަ ހަޤީޤަތެކޭ މިއީ ..................................

ނ. ހެނބަދޫގައި ވަޅި ހަރައި އަންހެން ކުއްޖަކު މަރާލި ޤާތިލް މާލެ ގެންދިއުމަށްޓަކައި ތަހްޤީގް ޓީމް މަނަދޫއަށް އަތުވެއްޖެ

މިދިޔަ ހަޕްތާގައި މިއަތޮޅު ހެނބަދޫގައި ވަޅި ހަރައި އަންހެން ކުއްޖަކު މަރާލި ޤާތިލް މާލެ ގެންދިއުމަށްޓަކައި ތަހްޤީގް ޓީމް މިއަދު 11.14 ގައި މަނަދޫއަށް އަތުވެއްޖެއެވެ.ކުޅުދުއްފުށިން ފުރައިގެންއައި މިޓީމްގައި މޯލްޑިވްސް ޕޮލިސްގެ 4 ބޭފުޅުން ހިމެނި ވަޑައިގަންނަވައެވެ.

ވިސްނާލައްވާ!

-އސ- (cyber.cop@live.com) ލިއުނީ:

މުސްކުޅިން ބުނާތީ އަޑުއަހަމެވެ. އަހިވަކަކާޖެހި އަހިވަކެއްފާވާނެއެވެ. މިއަދު މިއޮތީ މިހެންވެފައެވެ. މަނަދޫގެ ގިނައަދަދެއްގެ ކުދިންގެ އަހުލާޤްމިވަނީ ހައްދުންނައްޓާފައެވެ. ސިގިރޭޓްބުއިމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ވައްކަންކުރުމާއި ބަދުއަހުލާޤީ އަމަލު ހިންގުން މިއަދު މިވަނީ ގިނަކުދިންގެ "ހޮބީ"އަކަށް ވެއްފައެވެ. ތުނބުގައި ސިގިރޭޓްޖަހައިލައިފާ ނިކުންނަ އިރު ކުއްޖާވެސް ވަނީ ސިގިރޭޓެއްވަރެވެ.
އާއެކެވެ، ކުޑަ ސޯބު އެބުރޭނީ ބޮޑު ސޯބުއެބުރޭ ގޮތަށެވެ. އެކުދިން އުޚެމުން އެދަނީ އެކުދިންގެ ބޮޑަށް ތިބިމީހުން އުޅޭ ގޮތަށެވެ. މިއަދު ބޮޑަތި މީހުންނަށް އިޙްތިރާމުކުރުމެއް، ވެރިންނަށް ކިޔަމަންތެރިވުމެއް އަދި މައިންބަފައިންގެ ބަސްއެހުމެއް މަނަދޫގެ މުޖްތަމަޢުއަކުނުތެވެ. ކިޔަވާ ކުދިންނަށް ހުޅުވާލެވިފައިވަނީ "ފްރީ ވާލްޑް" އެކެވެ. ބަންޑާރަ ހަސަނަށް މޫދު ހިތަކަށް ލިބުނު ގޮތައް އެކުދިންނަށް މިއަދުމިވަނީ "މިނިވަންކަން" ހިތަކަށް ލިބިފައިއެވެ. ކޮން ޤާނޫނެއްގެ ކިތައްވަނަ މާއްދާގެ ދަށުންކަމެއްވެސް ނޭންގެއެވެ. ޒުވާނުން ބައިވެރިވާ ސްޓޭޖް ޝޯވ ފަދަ ހަރަކާތްތަކުގައި ސުކޫލްކުދިން ބައިވެރިވުމަކީ އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ސްކޫލްކުދިންގެ ޤަވާއިދުގައި ވަރަށް ބޮޑަށް މަނާކޮށްފައިވާ ކަމެކެވެ. އެހެންނަމަވެސް މަނަދޫގައި ދާދިފަހުންވެސް ދިން ބައެއް ޝޯވތަކުގައި ސްކޫލްކުދިން ބައިވެރިވެފައިވާކަމީ ވަރަށް ހިތާމަކުރަންޖެހޭކަމެކެވެ. މިކަމަކީ މަނާކަމެއްކަން ޝޯވ އިންތިޒާމްކުރާ ފަރާތްތަކަށް ނޭންގެނީ ބާވައެވެ. މިކަހަލަ މިކަހަލަ ކަންތައްތައް ފެންނަންޏާ މިފަދަ ވާހަކަދެއްކޭނެއެވެ. މިފަދަ ކަންކަމުގެ ސަބަބުން ކުދިން އިތުރަށް ވިޔާނުދާވުން ނޫން ކަމެއްނުވާނެއެވެ. ބެލެނިވެރިންވެސް ތަންކޮޅެއްބޮޑަށް ހޭއަރަންވެއްޖެއެވެ. އެހެންނޫންނަމަ ކޮށި ދަނޑު ގެއްލި، ކަނތިވަޅި ގެއްލި، މަރިޔަބުވެސް ގެއްލިދަނެއެވެ.

އަވަސް ހަބަރު: ކުޑަފުނަފަރުގައި ރޭ މާރާމާރީ ހިންގައިފި


ނ. އަތޮޅުގައި ތަރައްޤީ ކުރަމުންދާ ރިސޯޓެއްކަމުގައިވާ ކުޑަފުނަފަރުގައި ރޭގެ ވަގުތެއްގައި އެތަނުގައި މަސައްކަތް ކުރަމުންދާ ބިދޭސީ ބައެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި މާރާމާރީ ހިންގާ ދެ ބިދޭސީއަކަށް އެކިވަރުގެ އަނިޔާތައް ދީފިއެވެ.


އަނިޔާ ލިބުނު ދެމީހުން މިއަދު 9.00ގައި ވަނީ މަނަދޫއަށް ގެނެސްފައެވެ. އަދި މާރާމާރީ ހިންގުމަށްފަހު ފިލައިގެން ޑިންގީއެއްގައި ޅޮހީއަށް ދިޔަ ދެމީހުންވެސް މިއަދު 10.30 ގައި ވަނީ މަނަދޫއަށް ގެނެސް މަނަދޫ ޕޮލިސް ސްޓޭސަންގެ ބެލުމުގެ ދަށުގައެވެ. މިމާރާމާރީ ހިންގާފައިވާކަމަށް ބެލެވެނީ 4 ބިދޭސީއަކުވެގެން 2 ބިދޭސީއަކަށެވެ. މިމައްސަލަ މިހާރުދަނީ މަނަދޫ ޕޮލިސް ސްޓޭސަން އިން ތަހްޤީޤް ކުރަމުންނެވެ.

Sunday, March 16, 2008

މަނަދޫ ކަތީބް އަލްފާޟިލް ސައީދު ޤާސިމް އަމިއްލަދަތުރުފުޅެއްގައި މާލެވަޑައިގެންފި


އަށްމަސްދުވަސްވަންދެން މާލޭގައި އިގިރޭސިދަސްކުރައްވަން އުޅުއްވުމަށްފަހު އެބުރި ރަށަށް ވަޑައިގެން ކުޑަދުވަސްކޮޅެއްވުމަށް ފަހު މިޔަދުހެނދުނުގެ ވަގުތެއްގައި،މަނަދޫ ކަތީބް އަލްފާޟިލް ސައީދު ޤާސިމް އަމިއްލަބޭނުންފުޅަކު މާލެވޑައިގަންނަވަން ފުރާވަޑައިގެންފިއެވެ.ސައީދު މާލެވަޑައިގަތުމުން އޮފީސްހިންގުމާއި ހަވާލުވެލައްވާފައިވަނީ ކަތީބް އަލްފާޟިލް ހަސަން އިބްރާޙިމް އެވެ.

ފުޓްސަލް ޓީމްގެ މެނޭޖަރުކަން ދޮނާއަށް


މިމަހު 26 ވަނަ ދުވަހު މެލޭޝިޔާގައި އޮންނަ އޭޝިއަން ފުޓްސަލް ޗެމްޕިއަންޝިޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ޓީމްގެ މެނޭޖަރަކަށް، ކުރިން ވެލެންސިއާގެ މެނޭޖަރުކަން ކޮށްފައިވާ އަހުމަދު މުހައްމަދު (ދޮނާ) ހަމަޖައްސައިފިއެވެ.


Friday, March 14, 2008

މަނަދޫ ރައްޔިތުންނާ އަތޮޅުވެރިޔާ ބައްދަލު ކުރައްވައިފި


ނ. އަތޮޅު އަތޮޅުވެރިޔާ އަލްފާޟިލް އަބުދުﷲ ޚަލީލް ރޭ މަނަދޫ ރައްޔިތުންނާއި ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި އަތޮޅުވެރިން އަލި އަޅުވައިލެއްވީ މަނަދޫގެ މައި މަގެއްކަމުގައިވާ ސޯސަން މަގު ކަށިމަސް ތުނޑިއާއި ދިމާއިން ފޫދުއްވާލުމުގެ މަސައްކަތް ކުރިއަށް ގެންދެވިދާނެ ގޮތަކާއިމެދު މަސްވަރާ ކުރުމާއި އަދި މަނަދޫގެ މޫނުމަތި ކަމުގައިވާ ބަނދަރު ރީތި ކުރުމާއި ބެހޭ ގޮތުންނެވެ.


އަތޮޅު ވެރިޔާގެ ވާހަކަފުޅުގައި ސޯސަންމަގު ފޫދުއްވާލުމަށްޓަކައި އަތޮޅުގައި ތަރައްޤީ ކުރަމުން އަންނަ ރިސޯޓެއްކަމުގައިވާ މެދުފުށީގައި ބޭނުން ކުރާ ބައެއް ވެހިކަލްތައް ގެނެވިދާނެ ކަމާއި އަދި އެއަށް ބޭނުންވާ ތެލުގެ ޚަރަދު އަތޮޅު އޮފީހުން ހަމަޖައްސައިދޭނެ ކަމުގައި ވިދާޅުއެވެ.


މީގެ އިތުރުން މަނަދޫ މޫނުމަތި ރީތި ކުރުމަށްޓަކައި ބަނދަރުމަތި ރީތި ކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކުގެ ވާހަކަވެސް ދެއްކެވިއެވެ. މިގޮތުން ބަނދަރުމަތީ ޕާކުތައް ޒަމާނީ ފެންވަރަށް ހެދުމާއި ކުޑަކުދިންގެ ޕާކެއް ހެދުމަށް ވާހަކަ ދެކެވުނެވެ.


އަތޮޅުވެރިޔާގެ ވާހަކަފުޅުގައި މަނަދޫ ކަރަންޓްގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން ގެންނަ 200 ކިލޯގެ ޖެނެރޭޓަރ މިހާރު ހުރީ މާލެ ގެނެވި ކަސްޓަމްސްގައި ކަމަށްވެސް ވިދާޅުވިއެވެ. އަދި މަނަދޫގައި ގެވަޅު ދިނުމުގެ ކަންތައްތައްވެސް ވަރަށް އަވަހަށް ހަމަޖެހިގެން ދާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި އެންމެހާ ކަމެއްގައި ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ބޭނުންވާނެކަމުގައިވެސް ވިދާޅުވިއެވެ.

Haveeru Online