Sunday, February 3, 2008

ސޯސަންމަގު ފޫދުއްވާލަނީ

މަނަދޫގެ ބޮޑަތި މަގުތަކުގެ ތެރެއިން މަގެއްކަމުގައިވާ ސޯސަންމަގު، ކަށިމަސް ތުނޑިއާއި ދިމާ އިން ފޫދުއްވާލުމަށްޓަކައި ރައްޔިތުންގެ ގޮތުން މިދިޔަ ހުކުރު ދުވަހު އެމަގުގެ ބޮޑުބައެއް ނޮޅާ ސާފުކޮށްފިއެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ކުރި މަސައްކަތުން މަގު ސާފުކުރުމުގެ %47 މަސައްކަތް މިހާރު ވަނީ ނިމިފައެވެ، ވެލިނެގުމުގެ ދަތިކަން ކުރިމަތި ވެފައިވާ މަނަދޫގެ ރައްޔިތުން މިމަގު ބޭނުން ކުރަން ފެށުމުން ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް މަނަދޫ ބޮޑުކަތީބު އަލްފާޟިލް ސައީދު ޤާސިމް ވިދާޅުވިއެވެ.

2 comments:

isse said...

sosunmaguge foto eh libidhaanetha?

Anonymous said...

މިއީ ކުރިންވެސް ފޫދުއްވާލާފައި އޮތް މަގެއް އެހެންވީމާ މިޚަބަރު އޮތްގޮތުން މާނަ އޮޅޭގޮތްވޭ

Haveeru Online