Wednesday, February 20, 2008

ޒުވާނުންނާއި ބައްދަލު ކުރައްވަން ކަތީބް ފޫހިވެލައްވަނީ!


ޒުވާނުންގެ ނައުދަތުރަށް މަރުޚަބާ ކިއުމަށްޓަކާ، ގޮތްތަކެއް ނިންމެވުމަށް،މަނަދޫ އޮފީހުން އިސްނަގައިގެ މަނަދޫގެ ކުލަބްޖަމުޢްޔާތަކާއި ޒުވާނުންނާއެކު،މަނަދޫ އޮފީހުގެ ޖަލްސާކުރާ މާލަމްގައި އިއްޔެރޭ ބޭއްވިބައްދަލުވުމުގައި މަނަދޫ ބޮޑުކަތީބު އަލްފާޟިލް ސައީދު ޤާސިމް ނިދިކުރަށްވާފައި އިންނެވި ކަމަކީ މަނަދޫގެ ޒުވާނުން އެކަމާ ކަންބޮޑުވާންޖެހޭ ކަމެކެވެ.މިކަމުން ދޭހަވަނީ މަނަދޫގެ ޒުވާނުންނާއި މެދު މަނދޫގެ ވެރިން ނުވިސްނާ ވަރެވެ.މަނަދޫގެ ވެރިންގެ އެއްބާރުލުން ނެތްކަމެވެ.

ޙަގީގަތުގަވެސް މަނަދޫގެ ޒުވާނުންނަށް އަމާޒުކޮށްގެން ޒުވާނުންގެ ކުރިއެރުމަށާއި ޒުވާނުންގެ ތަރައްޤީއަށް މަނަދޫގެ ވެރިން އެއްވެސް މަސައްކަތެއް ކޮށްފައިވާ ކަމެއް ފެންނާކަށްނެތެވެ.ޒުވާނުންނަށް އަމަޒުކޮށްގެން އެއްވެސް ކަހަލަ ޕްރޮގްރާމެއް ހިންގިފައެއްނެތެވެ.ސަރުކާރުގެ މަތީ މުއައްސަސާއަކުން މަޖުބޫރު ކުރުމުން ނޫނީ މަނަދޫގެ ވެރިން މަނަދޫގެ ޒުވާނުންނަށް އެއްވެސް ކަމެއް މިހާތަނަށް ކޮށްދިފައެއްނުވެއެވެ.

ޒުވާނުންނާއި ބައްދަލުކުރަށްވައިގެ ބޮޑުކަތީބު ނިދިކުރެއްވުން ހެއްކަކަށް ފުދޭނެއެވެ.
މަނަދޫގެ ޒުވާނުން ރަށުގެ ކުރިމަގަށްޓަކައި މިހާރަށްވުރެ ބޮޑަށް މިވަނީ ވިސްނަން ޖެހިފައެވެ.

7 comments:

ellena said...

katheebu DRP meehakah nuvaathee liyaa echehi thakeh hen heevanee.Manadhoo zuvaanun kuraa kanthah thah balaalan dhuruvaa hama ekani sarukaaruge veriyakee Manadhoo katheebu hen alhugandah heevanee.Mikan engey kan neynge bodu eid gai beyvvi Manadhoo Abdul Sattar ge football mubaaraathun ekanives. habaru thah hunna gothun bodah belevenee Atoll Office in hingaa blog eh kamah. thnx. 'football mubaaraathugai kulhunu zuvaaneh'

Anonymous said...

މަނަދޫ ކަތީބަކީ ގިނަ ރައްޔިތުންތަކެއް އިހްތިރާމް ކުރާ ބޭފުޅެއް. އެގިފައިވާ ގޮތުގައި ވަރަށް ފަތުހު ތެދުވެވަޑައިގަންނަވާ. ތިޔަ ބައްދަލުވުމަކީ ރަސްމީ ގަޑީގައި ބޭއްވި ބައްދަލުވުމެއްވެސްނޫން ކަމަށް ހީވަނީ. ނުރަސްމީ ގަޑީގައި ރޭގަނޑު ޒުވާނުންނާ ބައްދަލުކޮށް އެހައްދަވަނީ ޒުވާނުން ދެކެ ފޫހި ނުވާތީހެން ހީވަނީ.ކަތީބު ނިދިތާއްޔާ ޖެހެންވީތާ ކިތަންމެ ދުވަހެއް.މަނަދޫ ކަތީބު އެހެން ހުންނަވަނިކޮށް މަގޫދޫ މުއްތާޒުމެންނަށް ލަންދޫ ހަސަން ނަސީރުމެންނަށް ބޮޑުކަތީބުކަންވެސް ދީފި.ޒުވާނުންގެ ދަތުރުގެ ނަމުގައި އެކުރާ ދަތުރުން މަނަދޫ ޒުވާނުންނަށް ލިބޭނެ އެއްޗެއް އޮތް ކަމަކަށް ނުފެނޭ. އެގޮތަށް ހިލޭ ފިރިހެނުންނާއި އަންހެނުން ދަތުރުކުރުމަކީ އިސްލާމްދީނުގައި ހުއްދަކަމެއްވެސްނޫން.

Manadhoo Online said...

aslu mee zaathy hasada eh noon. Dhon thuthu bey akee aharenves gadar kuraa meeheh. ekam manadhoo bodu katheeb ge haisiyyathun rasah kuran jehey adhi gennanva kuri erunthah gennan masahkaih nukurevifaa hurikan dannavan. verikan kuraa alhaa balaa iru mee manadhoo onnanvaane haalathu kamakah gabooleh nukurevey.

Anonymous said...

ދޮންތުއްތު ބެއަކީ މަނަދޫ ބޮޑުކަތީބެއްނޫން. އޭނާއަކީ ކަތީބެއް. ފުރަތަމަ މަނަދޫއޭ ކިޔައިގެން ވާހަކަ ލިޔާއިރުގައި މައުލޫމާތު ހޯދަން ޖެހޭ.ދެން ތިޔަބުނަނީ ކުރިއެރުންތައް ނުހޯދައިދެވޭ ވާހަކަ. ބަލަ ކަތީބުންނަކީ އެއްވެސް ބާރެއް އޮންނަ ބައެއްތަ؟ ތިރީސް އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫނަށްވެސް ގައުމަށް ކޮށްދެވިފައި އޮތް ހަމަ އެއްކަމެއްވެސް ނެތިގެން އެވާހަކަ މީހުން ދައްކާ.މަނަދޫގައި ފަޅުކޮނެ، ބޯޅަދަނޑުހަދާ،ކަރަންޓްލާ،ނަރުދަނާ ނިޒާމުލާ،ޑީސެލިނޭޝަން ފެން ޕްލާންޓް ބަހައްޓާ،ބޮޑު ހުކުރުމިސްކިތެއްއަޅާ،ކޮމިޔުނިޓީ ސެންޓަރެއް ހަދާ،ގަބުރުސްތާނު ވަށާފާރުރާނާ،ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުވެ، ސްކޫލުގައި އޯލެވެލްއަށް ކިޔަވައިދޭން ފެށުނީ ދޮންތުއްތުބޭގެ ކަތީބު ކަމުގައި.ދޮންތުއްތުބޭ ޒިންދާބާދު

Anonymous said...

Manadhoo Katheebuge Magaamu Haveer Onlinun: http://www.haveeru.com.mv/?page=details&id=64287&cat=search

Anonymous said...

މަނަދޫ ކަތީބާ ބެހޭގޮތުން ލިޔެފައިވާ ލިޔުމުގައި ދޮގު އެތައް ވާހަކައެއް ހުރިކަން ފާހަގަކުރަން. މަނަދޫ އާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ހަދާފައިވާ މިވާ ބްލޮގާއިމެދު އިތުބާރު އެންމެ ފުރަތަމަވެސް މިވަނީ ގެއްލިފައި. ކަތީބު ސަޢީދު ޤާސިމް ނުވަތަ އެންމެ ކިޔާގިތަށް ދޮންތުއްތުބޭ މަނަދަދޫގެ ވެރިކަމަށް ވަޑައިގެންނެވިއިރު ވެރިކަން ކުރާރަށް މަނަދޫގެ ހާލަތު އޭރު އޮތްގޮތް އެނގޭ މަނދަދޫގެ ރައްޔިތަކު ކަތީބޭ ކިޔައިގެން ފާޑުފާޑުގެ ރޯބުހުތާން ދޮގުވާހަކަތަކެއް ނުލިޔޭނެ. މަނަދޫގެ ގިނަ ރައްޔިތުން އެއްބަސްވާ ގޮތުގައި ސައީދު ޤާސިމް ރަށު އޮފީހާއި ޙަވާލުވެލެއްވި އިރު ރައްޔިތުންގެ ތިޖޫރީގައި ބައިރުފިޔާއެއްހާ ވަރުވެސް ނެތް. އެކަމަކު ގަދަ ކަނޑެއްގައި ފައްތަވައިގެން މަނދޫއަށް ހޯއްދަވައިދެއްވާފައިވާ ކުރި އެރުންތައް ގުނާ އަދަދު ނުކުރެވޭ. މިކަން މަނަދޫގެ ރައްޔިތުންނާ އަތޮޅުގެ ގިނަބަޔަކަށް އެނގޭނެ. މަނަދޫ ކަތީބަކީ މާތްވެގެންވާ އިސްލާމްދީނުގައި ވަރަށް ސާބިތު ކަމާއެކު ހުންނެވި މާތް ބޭފުޅެއް. މަނަދޫގެ ރައްޔިތުންގެ އިތުރުން ކަތީބު ދެނެލައްވާ އެންމެންވެސް މިކަމަށް ހެކިވާނެ. ނިދިތާއްޔާ ޖެހުމަކީ އިންސާނީ ތަބީޢަތެއް. އޭގެ މާނައަކީ ކަންކަމުން ފޫހިވެ ގަޔާނުވުމެއްނޫން. ސަޢީދު ޤާސިމް ޑީއާރުޕީ ބޭފުޅެއް ނޫންވީމާ ޒާތީ ގޮތެއް ލިޔުންތެރިޔާ ގެންގުޅެފައިވާކަމަށް ގަބޫލުކުރެވޭ. އަދިދަންނަވަން. މަނަދޫ ކަތީބުގެ ފަސްބައިގައި ހަޑިލަފެއް ޖެހިފައެއްނެތް. އަތޮޅު އޮފީހުގައި އެތިބަ ފަސްބައި ފޯވެފައި ތިބި މީހުންގެ ވާހަކަތައް ލިޔެގެން އެމީހުން ހަމަމަގަށް އަޅުވަން އުޅުއްވިއްޔާ ރަށަށާއި އަތޮޅަށް ފައިދާތަކެއް ކޮށްފާނެކަމަށް ގަބުލުކުރަމެވެ.

Anonymous said...

Liuntheriya vidhaalhuvefaa vaahaka ah thaa eedhu kuran. aharennakeeves dhaadhi gaathun rasu ofeehaaves ekugaa masahkaih koffaavaa meeheh. rasah kuri eruvumahttaka rasu ofeehuge faraathun haassa gotehgaa katheebunge tharuheebu nulibeykan faahaga kuran.

Haveeru Online