Wednesday, February 6, 2008

މާރކް ކޮންސްޓްރަކުސަންގެ ފަރާތުން މަނަދޫއަށް އައިސްހުރި އެކުންފުނީގެ ސްޕަވައިޒަރެއްގެ ގައިގާ ތަޅައިގެންފި


ނަރުދަމާ ނިޒާމް ޤާއިމް ކުރުމަށްޓަކައި ހަދަމުން ގެންދާ ޑުރައިންބެޑްގެ އަމަލީ މަސައްކަތް ކުރަމުންގެންދާ މާރކް ކޮންސްޓްރަކުސަންގެ ފަރާތުން މަނަދޫއަށް އައިސްހުރި އެކުންފުނީގެ ސްޕަވައިޒަރެއްގެ ގައިގާ ތަޅައިގެންފިއެވެ. މިދިޔަ ހޯމަ ދުވަހުގެ ރޭ މިރަށު ހަވޭލި ހަދީޖާ (ކަޅު ހައްޖަ) ގެ ފިރިމީހާ ކުދިމަސް މާޖިދު މިރަށު ހިތްފަސޭހަގޭ އަބުދުލް ރަޝީދު (ބެޔާ) އާއި ރެޑްރޯސް ރާޝިދު އަބުދުއްރަހުމާން (ރައުޓީ) އާއި ދެމީހުން ގޮވައިގެން ގޮސް ސްޕަވައިޒަރަށް ހަމަލާދީ ވަރަށް ހަރުކަށި އިންޒާރުތައް ދީފައިވެއެވެ. ނަމަވެސް މާބޮޑު އަނިޔާތަކެއް ނުވެ ސްޕްވައިޒަރ ވަނީ ސަލާމަތް ވެފައެވެ. މި މާރާމާރީ ހިންގަން މެދުވެރިވި ސަބަބެއްކަމަށް ބެލެވެނީ މާޖިދުގެ އަނބިމީހާ މިދެންނެވި ސްޕަވައިޒަރ އާއި ހިތާވެގެން ލޯބީގެ ގުޅުންތައް ހިންގާ އަދި އެވަރުން ނުވެގެން ގެއަށް ގެންގޮސް މޯބައިލް ފޯން ފަދަ އަގުބޮޑަތި އެއްޗެތި ހައްޖައަށް ހޯދާދޭތީއެވެ.

No comments:

Haveeru Online