Wednesday, February 20, 2008

ޒުވާނުންގެ ނައުދަތުރު މިލަދުންމަޑުލު ދެކުނުބުރީ މަނަދޫއަށް


މިއަހަރުގެ ޒުވާނުންގެ ދުވަހަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޔޫތްއެންޑް ސްޕޯރަޓްސް އިން ފެއްޓެވި ޒުވާނުންގެ ނައުދަތުރު މިލަދުންމަޑުލު ދެކުނުބުރީ މަނަދޫއަށް ޒިޔާރަތްކުރުމަށް ވަނީހަމަޖެހިފައެވެ.ފެބްރުއަރީމަހުގެ 21 ވާ ބުރާސްފަތިދުވަހުގެރޭ 7.00ގައި މަނަދޫއަށް ޒިޔާރަތްކުރާ ޒުވާނުންގެ ނައުދަތުރަށް މަރުޚަބާ ކިއުމުގެ ގޮތުން ކަންތައްތަކެއް ރާވާ ހިންގުމަށް ޓަކާ،މަނަދޫ އޮފީހުން އިސްނަގައިގެން މަނަދޫގެ ކުލަބް ޖަމުއްޔާތަކާއި ޒުވާނުންނާއި އެކު ރޭ ،މަނަދޫ އޮފީހުގެ ޖަލްސާކުރާމާލަމްގައި ބައްދަލުވުމެއްބާއްވައިފިއެވެ.ރަށު އޮފީހުގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެ ލެއްވީ ކަތީބު އަލްފާޟިލް ސައީދު ޤާސިމްއާއި ކުޑަކަތީބު އަލްފާޟިލް ހަސަން އިބްރާޙިމް އެވެ.މިބައްދަލުވުމުގައި މަނަދޫ ވިލަރެސްކުލަބްނާއި،މަނަދޫ އެކުވެރި ކުލަބްނާއި،މަނަދޫ ޒުވާނުންގެ ގުޅުމުން ބައިވެރިވެ ލެއްވިއެވެ.

No comments:

Haveeru Online