Friday, February 29, 2008

ނ. އަތޮޅު މަދަރުސާގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ތެރެއިން

މާދަމާ (1 މާރޗް 2008) އަކީ ނ. އަތޮޅު މަދަރުސާގެ 29 ވަނަ އަހަރީ ދުވަހެވެ. މިދުވަސް ސްކޫލް ފެންވަރުގައި ފާހަގަ ކުރުމަށް ވަނީ ހަމޖެހިފައެވެ. މިގޮތުން ސުކޫލްގެ އެކި ގްރޭޑް ތަކުން އަންނަނީ ކުޅިވަރު ހަރަކާތްތައް ފަރިތަކުރަމުންނެވެ. އަހަރީ ދުވަހުގެ ރަސްމީ ކުޅިވަރުތައް އޮންނާނީ މާދަމާ ހަވީރު 4.00 ގައި ނ. އަތޮޅު އޮފީސްގެ އުތުރުން އޮންނަ ހިއްކި ސަރަހައްދުގައެވެ. އަދި މީގެ އިތުރުން 30 އަހަރު ފުރުމުގެ ރަސްމިއްޔާތު ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް މިހާރު ވަނީ ޓާސްކް ފޯސް އެއް އެކުލަވާލައިފައެވެ.

No comments:

Haveeru Online