Wednesday, March 19, 2008

ފިރިހެން ބެލެނިވެރިން.........،ކީއްކުރާ ބައެއް؟


ލިޔުނީ: އ.ސ

ފިރިހެނުންނަކީ އިސްލާމްދީނުގައިވެސް އަންހެނުންގެ މައްޗައްއިސްކުރައްވާ،އެބައިމީހުންނަށް ވަރަށްގިން މަސްޢޫލިއްޔަތުތަކެއް ހަވާލުކުރައްވާފައިވާ ބައެކެވެ.އާއިލާ ބެލެހެއްޓުމުގެ ޒިންމާ ފިރިހެންމީހާއާއި ހަވާލުކުރެވިފައި އޮންނަނީވެސް،ފިރިހެނުންނަކީ އަންހެނުންނަށްވުރެ ވިސްނުމުގެ ގޮތުންނާއި،ކަންކަމުގައި ރަގަޅުގޮތްނިންމުމުގައި އެންމެއެކަށީގެންވާ ފަރާތްކަމަށްވާތީއެވެ.
އަޅުގަނޑަށް ކުރީގައި ހީވެފައިއޮންނަނީ ބެލެނިވެރިޔާއަކީ މަންމަކަމުގައެވެ.އަޅުގަނޑަށް ނޫނަސް މަނަދޫގެ ވަރަށްގިނަ ރައްޔިތުންނަށްވެސް އަދި ކުދިންނަށްވެސް ޤަބޫލުކުރެވިފައި އޮންނަނީ ބެލެނިވެރިޔާއަކީ މަންމަކަމުގައެވެ.މިގޮތައް ޤަބޫލުކުރެވިފައި އޮންނަނީ ސަބަބެއްނެތިއެއްނޫނެވެ.އަޅުގަނޑު 10 އަހަރުވަންދެން މަދަރުސާގައި އުޅެފައި ނިކުންއިރު،ވަރައްމަދު ފަހަރަކުނޫނީ ބައްޕައެއް،ބޭބެއެއް ނުވަތަ އެފަދަ މަޤާމެއްގައިހުރި ފިރިހެނަކު ބެލެނިވެރިންގެ ބައްދަލުވުމަކުންނުފެނެއެވެ.ސްކޫލް ރަޖިސްޓްރީގައި ކުއްޖާގެ ބެލެނިވެރިޔަކަށް ޖަހާފައި އޮންނަނީ ބައްޕަގެ ނަމެވެ.އެކަމަކު ބެލެނިވެރިއެއްގެގޮތުން އަބަދުވެސް ސްކޫލަށް ހާސިރުވަނީ މަންމައެވެ.
ކުދިންގެ ކިޔެވުމައި އަޙްލާޤައް އައްނަމުންދާ ބަދަލުތަކާއި،ކުދިންނާމެދު ކަންތައްކުރެވޭގޮތާއި، ސްކޫލައްގެންނަން އުލޭބަދަލުތަކާއި މިފަދަ މުހިންމު ކަންކަމާމެދު މަސްވަރާކޮށް ގޮތެއްނިންމުމަށްޓަކާ ބާއްވާމުހިންމު ބައްދަލުވުންތަކަށް އަންހެން ބެލެނިވެރިން ހަސިރުވުމުގެ ނަތިޖާއަކަށްވާނީ އެންމެއެދެވޭ ހައްލެއްނުލިބި ބައްދަލުވުން ނިމުމެވެ.ބައްދަލުވުމުގައި އެކަކު އެކަށްޗެކޭވެސް ނުބުނާނެއެވެ.އެންމެންގެ ޚިޔާލުތައް އޮއްސާލާނީ ބައްދަލުވުން ނިމިގެންއަންނަ މަގުމަށްޗަށެވެ.މީގިނަ އަންހެންބެލެނިވެރިންގެ ކަންތައް ހުންނަގޮތެވެ.ދެންގެއްއް އައިސް ބައްދަލުވުން ނިމުނުގޮތް ކިޔައިދިނުމުން ދެންވާ ހީވަނީ ގޭގައި ހުޅުހިފާފާނެހެންނެވެ.ނިންމި ގޮތާއިމެދު ބައްޕަ ހިތްހަމަނުޖެހުނީއެވެ.އެހެންވީއިރު ބޭނުންވާގޮތައް ކަންތައްނިންމަން ބައްދަލުވުމައްނުގޮސް ރުއްމަގުގައި އަނގަތަޅަން އޮތީ ކީއްވެތޯއެވެ؟
ހަޤީޤަތުގައިވެސް މީމަނަދޫގެ ހާލަތު މިޔަދުހުރިގޮތެވެ.އެހެންނަމަވެސް ދަރިންނައް ކިޔަވައިދޭންއުޅޭ މަދުބައްޕަޔަކުފެނެއެވެ.އެފަދަ ބައްޕައިންނައް އައްސަރިބަހާއި ސާބަސް ރައްދުކުރަމެވެ.މީހަކު ކަންތައްކުރާގޮތާއި މެދު ހިތަހަމަނުޖެހިގެންނިކުމެ އެމީހަކާއި ދިމާއަށް އިސްތިއުފާއަށް ގޮވާއިރު،ފުރަތަމަ ތިމާގެ ބޮލުގައި އެޅިފައިވާ މަސްޢޫލިއްޔަތު އަދާކުރެވެމުންދޭތޯ ވިސްނާލާށެވެ.އެހެންނޫނީ މާދަމާ މައިންނާއި ދަރިންނުކުމެ " ބައްޕަ އިސްތިއުފާ " މިހެންގޮވަންފަށާފާނެއެވެ.އޭރުން މަންޒަރު މާރީއްޗެއްނުވާނެއެވެ.

1 comment:

Anonymous said...

keep it up alif seenu

Haveeru Online