Monday, March 24, 2008

ސޯސަންމަގު ފޫދުއްވާލައިފި



2008 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި މަނަދޫ ރައްކުރިއަރުވާ ކޮމެޓީން މަނަދޫގެ ސޯސަންމަގު ފޫދުއްވާލަން ނިންމާފައިވަނީ މަނަދޫގެ ރައްޔިތުންނަށް ވެލިލިބުމުގެ ދަތިކަން ބޮޑުވުމާއިގުޅިގެން އެކަން ހައްލުކުރުމުގެ މަޤްސަދުގައެވެ.ރައްޔިތުންނަށް ގޮވައިގެން ކޮންމެ ހުކުރުދުވަހަކު ކުރާގޮތައް ފެއްޓި މިމަސައްކަތައް ރައްޔިތުންގެ އެއްބާރުލުން އެކަށީގެންވާގޮތެއްގައި ލިބުނުކަމަށް މަނަދޫ އޮފީސް ހޮންގެވުމާއި ހަވާލުވެ ހުންނެވި ކަތީބް އަލްފާޟިލް ހަސަން އިބްރާޙިމް ވިދާޅުވިއެވެ.
މަނަދޫގެ ގިނައަދަދެއްގެ ރައްޔިތުން ނިކުމެގެން ސޯސަންމަގު ކޮށާ،ނޮޅާ ވަނީ ސާފްކޮށްފައެވެ.އެހެންނަމަވެސް މަގުގައި އަޑިގުޑަން ގިނަކަމުންނާއި ވަރަށް ބޮޑު އުސްގަނޑެއް އޮތުމުގެ ސަބަބުން މަގުގެބޭނުން ކުރެވޭނެ ކަމަށް ނުފެންނާތީ ،އެކަންކުރެވޭ ފަދަ އަލާތެއްހޯދުމަށް ކުރެވެމުންދިޔަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ނ.ކުޑަފަރީ ކާމިނީގޭ އަލްފާޟިލް މުޙައްމަދު ޤާސިމްގެ އެހީއާއި އެކު އެކްސް ކަވޭޓަރެއް މަނަދޫއަށްގެނެވި އޭގެ އެހީގައި ސޯސަންމަގު ވަނީ ފޫދުއްވާލާ ބިންގަނޑުއެއްވަރުކޮށް މަގުގެ ބޭނުންކުރެވޭގޮތައްހަދާފައެވެ.މިކަމުގައި މަނަދޫގެ ރައްޔިތުންނާއި ނ.އަތޮޅުއޮފީހުންލިބުނު އެހީތެރިކަން ވަރަށްބޮޑައްފާހަގަ ކުރެވޭކަމުގައި މަނަދޫ ކަތީބް އަލްފާޟިލް ހަސަން އިބްރާޙިމް ވިދާޅުވިއެވެ.

No comments:

Haveeru Online